މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ށ. ފުނަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
                                - ށ.ފުނަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
 - ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެއްވުމަށް [email protected] އަށް 2025 ޖުލައި 13 ވާ އާދީއްތަދުވަހުގެ 13:00 ގެ ކުރިން އީމެއިލްކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވަން ހުށައަޅުއްވާފަރާތްތަކުން 1000/-ރ (އެއްހާސް ރުފިޔާ) 7724700306001 (ރެވެނިއު1) ޖަމާކުރައްވާ ސްލިޕް މަތީގައި ބަޔާންކުރެވިފައިވާ މެއިލްއަށް ފޮނުއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ މެއިލް ލިބިލެއްވުމުންނެވެ.
 - ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 ޖުލައި 24ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ.
 - ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
 - އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
 
މިލަދުންމަޑުލުއުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ/ ޗާންދަނީމަގު، ށ.ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6541009
އީމެއިލް: [email protected]
             01 ޖުލައި 2025
            
        
                    ހޯދާ  
                
                