ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓުގެ ކޯޓު ރޫމު ސީލިންގ ކުރުމާއި އާއި ފުރާޅުން ފެންލީކްވާ ތަންތަން މަރާމާތުކުރުން

ކޯޓުން ފޯރުކޮށްދޭ މައްލޫމާތާއި އެއްގޮތަށް ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު ރޫމް ސީލިންގ ކުރުމާއި ފުރާޅުން ވާރޭ ވެހޭ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 7 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ކޯޓުގައި އޮންނާނެއެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ  7 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން [email protected]  އަށެވެ.

        ބީލަން ހުށަހަޅާނީ 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓަށެވެ.       މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

        ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

02 ޖުލައި 2025
ހޯދާ