ދިވެހިރާއްޖެ
މުޤައްރަރު ލިޔުމާއި މެޓީރިއަލްސް ޑިވެލޮޕްކުރާނެ ފަރާތެއް ހޯދުމާބެހޭ
މިފެކަލްޓީގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މާސްޓަރސް އޮފް އެޑިޔުކޭޝަން (ޓީޗިންގ އިންގްލިޝް ޓު ސްޕީކަރސް އޮފް އަދަރ ލޭންގްއޭޖަސް) ކޯހުގައި ކިޔަވައިދިނުމަށްޓަކައި ތިރީގައި މިދަންނަވާ މާއްދާގެ އައުޓްލައިންސްއާއި ބޭނުންކުރާ މެޓީރިއަލްސް، ލިޔެދެވިދާނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ.
މާއްދާ:
01. ބައިލިންގްއަލް އެޑިޔުކެޝަން (Bilingual Education)
02. ލޭންގްއޭޖް، ސޮސައިޓީ އެންޑް ކަލްޗަރ (Language, Society and Culture)
03. ލޭންގްއޭޖް އިން ލާރނިންގ އެކުރޮސް ދަ ކަރިކިއުލަމް (Language in Learning Across the Curriculum)
ޝަރުޠު: މާއްދާގެ ނުވަތަ ދާއިރާއާގުޅޭ ރޮނގުން މާސްޓަރސް ޑިގްރީ ލެވެލްގައި ކިޔަވާފައިވުން. ނުވަތަ މާސްޓަރ ޑިގްރީގެ ތެރެއިން މާއްދާ ނުވަތަ ދާއިރާއާ ގުޅޭ މޮޑިއުލްތައް ފުރިހަމަ ކޮށްފައިވުން
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2015 ސެޕްޓެންބަރު 16 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 09:30 އަށް ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މާރިޗު 17 ވާ ބުރަސްފަތި ދުވަހުގެ 09:30 ގެ ކުރިން މިފެކަލްޓީއަށް ވަނަވަރާއި ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
26 ޛުލްޤަޢިދާ 1436