މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ގަވާއިދު ނަންބަރ 2024/R-8 (މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު) ގެ ދަށުން ކައުންސިލްތަކަށް ދޫކުރާ ފަޅުރަށްތައް

އިޢުލާން

 

ގަވާއިދު ނަންބަރ 2024/R-8 (މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު) ގެ ދަށުން ކައުންސިލްތަކަށް ދޫކުރާ ފަޅުރަށްތައް

 

ގަވާއިދު ނަންބަރ 2024/R-8 (މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން 28 ރަށް ދޫކުރުމަށް ހުޅުވާލައި ކުރިން ކޮށްފައިވާ ނަންބަރު: (IUL)431-AHP/1/2024/18 (30 މެއި 2024) އިޢުލާނުގައިވާ ރަށްތަކުގެ ތެރެއިން ލ. ބޮޑުމާބުޅަލި، ރ. ނެޔޮ، ދ. ފެންފުށި އަދި ދ. މިނިމަސްގަލި ވަނީ 27 ޖަނަވަރީ 2025 ވަނަ ދުވަހު ކައުންސިލްތަކާއި ހަވާލުކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 13/2025 ގެ ދަށުން ހދ. ނެއްލައިދޫގެ ބައެއްގެ ގޮތުގައި ހދ. ހިރިނައިދޫ ކަންޑައަޅުއްވާފައިވާތީވެ، ހަވާލާދީފައިވާ ޤަވާއިދުގެ ދަށުން ކައުންސިލްތަކަށް ދޫކުރުމަށް އިޢުލާންކޮށްފައިވާ ފަޅުރަށްރަށުގެ ލިސްޓުން މި ދެންނެވި 5 ރަށް އުނިކޮށް، މި އިޢުލާނާއިއެކު މިވާ ލިސްޓުގައި ހިމެނޭ 23 ރަށަށް ކައުންސިލްތަކުން ކުރިމަތިލުމުގެ ފުރުސަތު އައްމުކޮށްވަނީ ހުޅުވާލެވިފައެވެ.

އަދި ދަންނަވަމެވެ. މި އިޢުލާނާއި ގުޅިގެން ގަވާއިދު ނަންބަރ 2024/R-8 މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު) ގައިވާ ގޮތުގެމަތިން މި އިޢުލާނާއިއެކު އާއްމުކުރާ ލިސްޓްގައި ހިމަނާފައިވާ 23 ރަށުގެ ތެރެއިން ރަށެއް ހޯދުމަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއަށެވެ.

02 ޖުލައި 2025

 

02 ޖުލައި 2025
ހޯދާ