މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 15 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ކައުންސިލްގެ 15 ވަނަ ޤުރުއާން މުބާރާތް 7 އޮގަސްޓް 2025 ވަނަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. މުޅިމުބާރާތުން 1 ވަނައަށް އަންނަފަރާތަކަށް ޢުމުރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރަށުގެ ހުރިހާ ޢުމުރު ފުރާއަކަށްވާނީ ހުޅުވާލެވިފައެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން 2025 ޖުލައި 20 ވާ އާދީއްތަ ދުވަހުގެ 23:59ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް "ކައުންސިލްގެ 15 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުން އެދެމެވެ. އިޢުލާނާއިއެކު މުބާރާތުގެ ޤަވާޢިދު ޢާންމު ކުރީމެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކް: https://teizj6p1.forms.app/councilqurancomp
މުބާރާތުގެ ޤަވާއިދު ލިންކް: https://drive.google.com/file/d/1NEowWHQUsFN2AfmGUu2Bp18A7z86udVn/view
01 ޖުލައި 2025
ހޯދާ