މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޭޅިފަށުގައި ހެދިފާހުރި ގަސްތައް ކެނޑުން މަނާކުރުމާއި ގުޅޭ

ރަށު އެކި ސަރަހައްދު ހޭޅިފަށް ކައުންސިލުން ސާފުކުރަމުންދާއިރު، ބައެއް ފަރާތްތަކުން ހޭޅިފަށުގައި ހެދިފައި ހުރި ބޮޑެތި ގަސްތައް ކަނޑަމުންދާކަން ވަނީ މި ކައުންސިލަށް ފާހަގަކުރެވިފައެވެ.  މިކަމަކީ ގާނޫނު ނަންބަރު 93/4 (ދިވެހިރާއްޖެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ދަށުން ހެދިފައިވާ ޤަވާއިދު ނަންބަރު R-92/2022 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) ގައި މަނާ ކަންކަމުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމުގައި ދަންނަވަމެވެ.

މިބާވަތުގެ ކަންކަމުގެ ސަބަބުން ރަށުގެ ހޭޅިފަށުގައި ހިފޭއްޓެމުންދާ ވެލިގަނޑު ގިރާލާ ރަށުގެ ހޭޅިފަށް ގިރާ ގޮތްވެއެވެ. އަދި ބިޔަ ބޮޑެތި ގަސްތައް ކޮށުމުގެ ސަބަބުން މި ގަސްތަކުން ލިބެމުން އައި ފިނިކަމާއި ހިޔާ ނުލިބި ރަށުގެ މަލަމަތީގެ ރީތިކަން ގެއްލި ގޮނޑުދޮށަށް އިއާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް ބެލެވޭތީ، މިފަދަ ކަންކަން ކުރާ ފަރާތްތަކަށް އެކަން ވަގުތުން ހުއްޓާލުމަށް އަންގަމެވެ.

ވީމާ، ކައުންސިލްގެ ހުއްދަ ނުހޯދާ ރަށުގެ ހޭޅިފަށުގައި ހެދިފައި ހުރި އެއްވެސް ބާވަތުގެ ގަހެއް ކޮށާ ކެނޑުމަކީ މަނާކަމެއްކަމުގައި އަންގާ އިޢުލާން ކުރަމެވެ. އަދި ރަށުގެ ވެށި ހިމާޔަތް ކުރުމަކީ ހުރިހާ ފަރުދުންގެ އިޖުތިމާއީ ޒިންމާއެއްކަމަށް ދެކި، ހޭލުންތެރި ފަރުދުންގެ މުޖުތަމައުއަކަށް ވުމަށް އަބަދުވެސް އިސްކަމެއް ދިނުމަށް ކައުންސިލުން ތިޔަ އެއްމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.

06 މުޙައްރަމް 1447

01 ޖުލައި 2025
ހޯދާ