ދިވެހިރާއްޖެ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލްގެ ބޭނުމަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.
މިކަމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ މަރޮށި ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
ވީމާ، މި ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން [email protected] އަށް 2025 ޖުލައި 08 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލްކޮށްދެއްވުން އެދެމެވެ. މި ބީލަމާގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން:
ބީލަން ހުޅުވުން އޮންނާނީ 2025 ޖުލައި 17 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލް އިދާރާގެ މީޓިން ރޫމުގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލް މެދުވެރިކޮށް ފޮނުއްވާ ބީލަންތައް ބަލައި ނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި ބީލަމުގައި ބައިވެރިވެވޭނެ ފަރާތްތައް ބީލަން ފޮތުގެ ސެކްޝަން 02 ގެ 02 ވަނަ މާއްދާގައި ބަޔާންކޮށްފައިވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ބަންދުނޫން ދުވަސްތަކުގެ، ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6540054 ފޯނަށް ގުޅުއްވުން އެދެމެވެ.