މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުލަކަތޮޅު ވޭވަށު ކައުންސިލް އިދާރާގެ އައު އިމާރާތުގައި ސޯލާ ހަރުކޮށްދޭނޭ ފަރާތެއް ހޯދުން.
ނަންބަރ: (IUL)363/363/2025/24
އިޢުލާން
މުލަކަތޮޅު ވޭވަށު ކައުންސިލް އިދާރާގެ އައު އިމާރާތުގައި ސޯލާ ހަރުކޮށްދޭނޭ ފަރާތެއް ހޯދުން.
މި ކައުންސިލްގެ ނަންބަރ (IUL)363/363/2025/12 (14 އޭޕްރީލް 2025) އިޢުލާނުގައިވާ މަސައްކަތުގެ ސްކޯޕަށް ބައެއް ބަދަލުތައް އައިސްފައިވާތީ އެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާންކުރަމެވެ. ވޭވަށު ކައުންސިލްގެ އައު އިމާރާތުގައި 20 ކިލޯވޯޓް ގެ ސޯލާ ޕެނަލް އިންސްޓޯލްކޮށް ނެޓްމީޓަރިނގް ހަރުކުރުމާއި އެކަމާއި ގުޅޭ އެންމެހައި ކަންކަން އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި |
10 ޖުލައި 2025 |
ބުރާސްފަތި |
11:00 |
އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން |
16 ޖުލައި 2025 |
ބުދަދުވަސް |
11:00 |
- ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
- ރަޖިސްޓްރޭޝަން ލިންކް: https://forms.cloud.microsoft/r/jLt3vG0B6v
- މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.
- ބީލަން ތައްޔާރުކުރަންވާނީ މި އިޢުލާނާއެކު ހިމަނާފައިވާ މައުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
- މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
- އިތުރުމަޢުލޫމާތު ސާފުކުރުމަށް [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 6720035، 7595939 އަށް ގުޅުއްވުން އެދެމެވެ.
01 ޖުލައި 2025
ހޯދާ