މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
މި ވުޒާރާގެ ދަށުން ހިންގަމުންދާ އުމަރު ޒާހިރު ބިލްޑިންގގެ، ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ އޮފީސް ބައި ފޮޅާ ސާފުކުރުން.

    މި ވުޒާރާގެ ދަށުން ހިންގަމުންދާ އުމަރު ޒާހިރު ބިލްޑިންގގެ (ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް) އޮފީސް 3 އަހަރުގެ މުއްދަތަށް ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

    މަޢުލޫމާތު ސާފުކުރުން:   7 ޖުލައި 2025، 13:30 އަށް، އުމަރު ޒާހިރު ބިލްޑިންގގެ ޕްރޮޖެކްޓްމެނޭޖްމަންޓް ޔުނިޓަށް

    އަންދާސީ ހިސާބު ހުށަހެޅުން: 10 ޖުލައި 2025، 13:30 އަށް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއަށް

    ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް އުމަރު ޒާހިރު ބިލްޑިންގ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު މި ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން[email protected]  މެއިލް ކުރެއްވުމަށް ދެންނެވީމެވެ.

    އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

01 ޖުލައި 2025
ހޯދާ