ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ލީގަލް ކައުންސެލް

 (IUL)462/HR/1/2025/16: ނަންބަރު

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ ލީގަލް ކައުންސެލް

ކްލެސިފިކޭޝަން:

ޑިރެކްޓަރ ޖެނެރަލް (އީ.އެކްސް-5)

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން / ކ. މާލެ

އަސާސީ މުސާރަ:

16,100.00 ރުފިޔާ

ލިވިންގ އެލަވަންސް:

4,000.00 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45 (7,245.00 ރުފިޔާ)

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

 

  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައި ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސައްކަތް

  1. ލީގަލް، ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ޑިވިޜަނުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  2. އިންވެސްޓިގޭޝަން ސެކްޝަނާއި ލީގަލް އެފެއާޒުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރާވައި ހިންގާ ބެލެހެއްޓުން.
  3. ރެޖިސްޓްރޭޝަން އެންޑް ކޭސް މެނޭޖްމަންޓާއި ޕޯސްޓް އިންވެސްޓިގޭޝަން އެންޑް މޮނިޓަރިންގ ގެ މަސައްކަތްތައް ހިންގަމުންދާކަން ކަށަވަރު ކުރުން.
  4. ކޮމިޝަނުން ކުރާ ތަޙްޤީޤުތަކަކީ، ޤާނޫނީ ހަމަތަކާ އުސޫލުތަކާ އެއްގޮތަށް ކުރެވޭ ތަޙްޤީޤުތަކެއްކަން ޔަގީން ކުރުން.
  5. ތަޙްޤީޤަށް ހޯދާ އެންމެހާ މައުލޫމާތާއި ހެއްކާ ޤަރީނާއަކީ ޤާނޫނީ އިމުގެ ތެރެއިން ހޯދާ ތަކެތިކަން ކަށަވަރު ކުރުމާއެކު އެތަކެތި އިޖުރާތްތަކާ އެއްގޮތަށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރެވޭކަން ކަށަވަރު ކުރުން.
  6. ތަޙްޤީޤުގެ މަސައްކަތަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި އެލަފާއާ އެއްގޮތަށް ތަޙްޤީޤުގެ މަސައްކަތްތައް ކުރެވޭކަން ޔަގީންކުރުން.
  7. ޑިވިޜަންގެ މަސައްކަތް ހަރުދަނާކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަނެ އެވަސީލަތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއި، އެވަސީލަތްތަކައް މުވައްޒަފުން އަހުލުވެރި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. ޑިވިޜަންގެ ދަށުން ހިންގަމުންދާ ސެކްޝަން/ޔުނިޓް ތަކުގެ ވެރިންނާއި އިންވެސްޓިގޭޝަން ސެކްޝަނުގެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމާއި، ސުޕަވައިޒްކުރުމާއި އެ މުވައްޒަފުން އެސެސްކުރުމާއި، މުވައްޒަފުން ބިނާކުރުމަށް ބޭނުންވާ ތަމްރީންތައް ފާހަގަކޮށް ކަމާބެހޭ ޑިވިޜަނަށް އެންގުން.
  9. ޤާނޫނީ ގޮތުން ކޮމިޝަން ތަމްސީލު ކުރަންޖެހޭ ޙާލަތްތަކުގައި ކޮމިޝަން ތަމްސީލު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި ކޮމިޝަން ތަމްސީލް ކުރަންޖެހޭ ހާލަތުގައި އެމަސައްކަތްކުރުން.
  10. ޑިވިޜަނުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރެވިދާނެ އީޖާދީ ކަންކަން ދެނެގަނެ ކޮމިޝަނަށް ހުށަހެޅުން. 
  11. ދައުލަތުގެ އިދާރާތަކަށްދޭންޖެހޭ މަޢުލޫމާތު، ކޮމިޝަނުން ކަނޑައަޅާ ގޮތުގެ މަތިން ދިނުމާއި، ބައްދަލުވުންތަކަށް ހާޟިރުވުން.
  12. ކޮމިޝަނަށް ޤާނޫނީ ލަފާ ބޭނުންވާ ހާލަތްތަކުގައި، ޤާނޫނީ ލަފާ ދިނުން.
  13. ޑިވިޜަނުގެ މަސައްކަތާ ގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުމާއި، ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުން.
  14. ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން ހޭލުންތެރި ކުރުވުމަށް ހިންގާ ޕްރޮގްރާމުތަކުގައި ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ޢަމަލީ ގޮތުން ބައިވެރިވުން.
  15. ރަސްމީ ދަތުރު ތަކުގައި ބައިވެރިވުން.
  16. ކޮމިޝަނުގެ ރަސްމީ މަސައްކަތުގައި މަގާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އިތުރު މަސައްކަތް ކުރުން.

މަޤާމުގެ އަސާސީ ޝަރުޠު:

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވެލް 9 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާގުޅުން ހުރި ދާއިރާއަކުން 5 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުމާއެކު 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން އަދި ދިވެހިރާއްޖޭގެ ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވުން ނުވަތަ
  2. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވެލް 7  ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާގުޅުން ހުރި ދާއިރާއަކުން 7 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުމާއެކު 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން އަދި ދިވެހިރާއްޖޭގެ ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވުން.

ގުޅޭ ތައުލީމީ ދާއިރާތައް:

  • ޤާނޫނު
  • ޝަރީޢަތާ ޤާނޫނު

މަގާމަށް މީހަކު ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

  1. އުމުރުން 55 އަހަރު ވެފައި ނުވުން
  2. އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމާއި، މަކަރާއި، ޙީލަތް ހެދުމާއި، ޚިޔާނާތާއި ރިޝްވަތު ފަދަ ބޮޑު ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން.
  3. ދިވެހިބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު ލިޔަން ކިޔަން ދަންނަ މީހަކު ކަމުގައިވުން.
  4. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭނެ މީހަކު ކަމުގައިވުން.
  5. މި ކޮމިޝަނުގައި އެމީހެއްގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަނތްބެއް ނުވަތަ ފިރިއަކު ނެތުން.
  6. ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގެ އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (މި ފޯމު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. https://nic.gov.mv/dhi))
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް(
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަދި ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާ ނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާންވާނެއެވެ.)    

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ އަދި ސިވިލް ސަރވިސްގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) ދިވެހިރާއްޖޭގައި ހިންގާ ރިޒޯޓުތަކާއި އެ ރިޒޯޓުތަކުގެ މައި އޮފީހުން ދޫކޮށްފައި ހުންނަ ތަޖުރިބާ އަންގައިދޭ ލިޔުންތަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

(ބ)  ހިންގުމުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތައް.

 

  1. ދިވެހިރާއްޖޭގެ ހައި ކޯޓްގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ.

މަގާމަށް  ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:

  1. އަސާސީ ޝަރުތު ހަމަވުން: 30 ޕޮއިންޓް
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ: 10 ޕޮއިންޓް
  3. އިމްތިހާނު ނުވަތަ ޕްރެކްޓިކަލް : 20 ޕޮއިންޓް
  4. އިންޓަރވިއު: 40 ޕޮއިންޓް

ޝޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓުލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ 2025 އޮގަސްޓް 10 އިން އޮގަސްޓް 21 އާ ދެމެދު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓްރވިއުއާއި އިމްތިޙާނަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖުލައި 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ބަލައިގަނެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ހުށަހަޅާފައި ވާނަމައެވެ.  ސުންގަޑީގެ ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3001343 ނަންބަރު ފޯނާއެވެ. މިކޮމިޝަނުގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލު އަދި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ވެބްސައިޓްhttps://nic.gov.mv/dhi/) ) އިން ލިބެން ހުންނާނެއެވެ.އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.

   

05 މުޙައްރަމް 1447

1 ޖުލައި  2025

01 ޖުލައި 2025
ހޯދާ