ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެމަނަފުށީ ކައުންސިލްގެ ތެޔޮ ފިހާރަ ކުއްޔަށް ދޫކުރުން

ގެމަނަފުށީ ކައުންސިލްގެ ތެޔޮ ފިހާރަ ކުއްޔަށް ދޫކުރުން


ގެމަނަފުށީ ކައުންސިލްގެ ތެޔޮ ފިހާރަ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ.

            ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

            މި ބީލަމަށް އެދޭ ފަރާތްތަކުން 8 ޖުލައި 2025 ވަނަ ދުވަހުގެ 10:00ގެ ކުރިން ގެކުރިން އެކަމަށްއެދި [email protected]  މެއިލް މެދުވެރިކޮށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތްތަކަށް މިކައުންސިލުން މަޢުލޫމާތު ޝީޓް ފޯރުކޮށް ދެވޭނެއެވެ.

      ބީލަން ހުށަހެޅޭނީ ބިޑްސެކިއުރިޓީގެ ގޮތުގައި 10000.00 ރުފިޔާ ކައުންސިލަށް ދެއްކުމަށްފަހުގައެވެ. އެވޯޑްވާ ފަރާތްތަކަށް ބިޑްސެކިއުރިޓީ އަނބުރާ ދޫކުރެވޭނީ ކުއްޔަށް ދޫކުރާތާ 06 މަސްފަހުންނެވެ. ބިން އެވޯޑް ނުވާ ފަރާތްތަކަށް ބިޑްސެކިއުރިޓީ ހޯދުމަށް ހުށަހެޅުމުން ދޫކުރެވޭނެއެވެ.

      މި ބީލަން  ހުށަހަޅާނީ 15 ޖުލައި 2025 ވަނަ ދުވަހުގެ 13:00 އަށް މިކައުންސިލަށް ވަޑައިގެންނެވެ. ބީލަން ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޖުލައި 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބިޑްސެކިއުރިޓީ ދައްކާ ފަރާތްކަށް އެކައްޏެވެ.

       މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކާ އިޢުލާން ކުރީމެވެ.

        01 ޖުލައި 2025

 

                                                                         އިބްރާހީމް ނާޝިދު

                                                                        ކައުންސިލްގެ ރައީސް

01 ޖުލައި 2025
ހޯދާ