ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 216 ޖަލްސާގެ ނިންމުން އާއްމުކުރުން

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 216 ވަނަ ޢާންމު ޖަލްސާގެ ނިންމުން

ތަން:  ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް 

ތާރީހް: 25 ޖޫން 2025  ، ބުދަ

29 ޛުލްޙިއްޖާ 1446 

ގަޑި: ހެނދުނު 08:30

އެޖެންޑާ

  1. 18 ޖޫން 2025 އިން 24 ޖޫން 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
  2. ބަނދަރު ސަރަޙައްދުން ވިޔަފާރި ކުރުމަށް ދޫކުރުމަށް ހަމަޖެހިފައި ބިންތައް ދޫކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރުން
  3. ޝަހީދުންގެ ބިނާގެނަމުގައި ހާއްސަ ބިނާއެއް ހެދުމުގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކުރުން.
  4. 1446 ވަނަ އަހަރުގެ އަޟްހާޢީދު ފާހަގަކުރުމުގެ ޚަރަދުތަށް ނިންމުމަށް އިތުރަށް ބަޖެޓް ބޭނުންވާތީ، ޖޭ.އެލް.ސީ.އެލް ފަންޑުގެ "އަޟްހާޢީދު ފާހަގަކުރުން" ހަރަކާތުގެ 223013 ކޯޑަށް، ފިޠުރު ޢީދު ފާހަގަކުރުން ހަރަކާތުގެ 223013 ކޯޑް އިން 5000.00 (ފަސްހާސް) ރުފިޔާ އަދި ޤުރުއާން މުބާރާތް ބޭއްވުމުގެ ހަރަކާތުގެ 223013 ކޯޑް އިން 10000.00 (ދިހަ ހާސް) ރުފިޔާ އުނިކޮށް އަޟްހާޢީދު ފާހަގަކުރުމުގެ ހަރަކާތުގެ ކޯޑަށް 15000.00 (ފަނަރަހާސް) ރުފިޔާ އިތުރު ކުރުމުގެ މައްސަލަ.
  5. އެލް.ސީ.ޑަބްލިއު.ޑީ.އެފް (އތމ ކޮމިޓީގެ ފަންޑް) އަށް "ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުން" މިނަމުގައި ހަރަކާތެއް އިތުރުކޮށް، އެލް.ސީ.ޑަބްލިއު.ޑީ.އެފް ފަންޑުގެ "ރަމަޟާން މަހު ހިފްޘްކޮށް ތަރާވިޙް ނަމާދުކުރުމަށް ހާފިޘް ގެނައުމަށް އެހީވުން" މި ހަރަކާތުގެ 223014 ކޯޑްއިން 5000.00 (ފަސްހާސް ރުފިޔާ) އުނިކޮށް، އެލް.ސީ.ޑަބްލިއު.ޑީ.އެފް ފަންޑުގެ "ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުން" ހަރަކާތުގެ 223014 ކޯޑަށް 5000.00 (ފަސްހާސް ރުފިޔާ) އިތުރުކުރުމުގެ މައްސަލަ.
  6. 4 ވަނަ ދައުރުގެ 2025/26/4/216/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

ޖަލްސާގެ ނިންމުންތަށް

  1. 18 ޖޫން 2025 އިން 24 ޖޫން 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
  2. ބަނދަރު ސަރަޙައްދުން އެކި ބާވަތުގެ ވިޔަފާރި ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ދޫކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، ރަށުގެ ބަނދަރު ސަރަޙައްދުން ދޫކުރެވޭ ބިންތަކުގެ ތެރެއިން މިވަގުތު ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާ ބެހޭގޮތުން އިތުރު މަޢްލޫމާތު ކައުންސިލުގެ މެމްބަރުން ބޭނުންފުޅުވާތީ ބިންތަކާ ގުޅޭ މަޢްލޫމާތު ކައުންސިލުގެ އިދާރާއިން އެއްކުރެއްވުމަށް ފަހު ކުރިއަށް އޮންނަ ޖަލްސާއަށް ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
  3. ޝަހީދުންގެ ބިނާގެނަމުގައި ހާއްސަ ބިނާއެއް ހެދުމުގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކުރުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، ރަށުގެ ބަނދަރު ސަރަޙައްދުން ސިއްހީމަރުކަޒުގެ ކުރިމަތީގައި އޮތް ހުސްބިމުން ނެގުމަށް ހަމަޖެހިފައިވާ މި ބިމާގުޅޭ ގޮތުން އިތުރު މަޢްލޫމާތު ކައުންސިލުގެ މެމްބަރުން ބޭނުންފުޅުވާތީ ބިމާ ގުޅޭ މަޢްލޫމާތު ކައުންސިލުގެ އިދާރާއިން އެއްކުރެއްވުމަށް ފަހު ކުރިއަށް އޮންނަ ޖަލްސާއަށް ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
  4. 1446 ވަނަ އަހަރުގެ އަޟްހާޢީދު ފާހަގަކުރުމުގެ ޚަރަދުތަށް ނިންމުމަށް އިތުރަށް ބަޖެޓް ބޭނުންވާތީ، ޖޭ.އެލް.ސީ.އެލް ފަންޑުގެ "އަޟްހާޢީދު ފާހަގަކުރުން" ހަރަކާތުގެ 223013 ކޯޑަށް، ފިޠުރު ޢީދު ފާހަގަކުރުން ހަރަކާތުގެ 223013 ކޯޑް އިން 5000.00 (ފަސްހާސް) ރުފިޔާ އަދި ޤުރުއާން މުބާރާތް ބޭއްވުމުގެ ހަރަކާތުގެ 223013 ކޯޑް އިން 10000.00 (ދިހަ ހާސް) ރުފިޔާ އުނިކޮށް އަޟްހާޢީދު ފާހަގަކުރުމުގެ ހަރަކާތުގެ ކޯޑަށް 15000.00 (ފަނަރަހާސް) ރުފިޔާ އިތުރު ކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު 1446 ވަނަ އަހަރުގެ އަޟްހާޢީދު ފާހަގަކުރުމުގެ ޚަރަދުތަށް ނިންމުމަށް އިތުރަށް ބަޖެޓް ބޭނުންވާތީ، ޖޭ.އެލް.ސީ.އެލް ފަންޑުގެ "އަޟްހާޢީދު ފާހަގަކުރުން" ހަރަކާތުގެ 223013 ކޯޑަށް، ފިޠުރު ޢީދު ފާހަގަކުރުން ހަރަކާތުގެ 223013 ކޯޑް އިން 5000.00 (ފަސްހާސް) ރުފިޔާ އަދި ޤުރުއާން މުބާރާތް ބޭއްވުމުގެ ހަރަކާތުގެ 223013 ކޯޑް އިން 10000.00 (ދިހަ ހާސް) ރުފިޔާ އުނިކޮށް އަޟްހާޢީދު ފާހަގަކުރުމުގެ ހަރަކާތުގެ ކޯޑަށް 15000.00 (ފަނަރަހާސް) ރުފިޔާ އިތުރު ކުރުމުގެ އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
  5. އެލް.ސީ.ޑަބްލިއު.ޑީ.އެފް (އތމ ކޮމިޓީގެ ފަންޑް) އަށް "ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުން" މިނަމުގައި ހަރަކާތެއް އިތުރުކޮށް، އެލް.ސީ.ޑަބްލިއު.ޑީ.އެފް ފަންޑުގެ "ރަމަޟާން މަހު ހިފްޘްކޮށް ތަރާވިޙް ނަމާދުކުރުމަށް ހާފިޘް ގެނައުމަށް އެހީވުން" މި ހަރަކާތުގެ 223014 ކޯޑްއިން 5000.00 (ފަސްހާސް ރުފިޔާ) އުނިކޮށް، އެލް.ސީ.ޑަބްލިއު.ޑީ.އެފް ފަންޑުގެ "ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުން" ހަރަކާތުގެ 223014 ކޯޑަށް 5000.00 (ފަސްހާސް ރުފިޔާ) އިތުރުކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު އެލް.ސީ.ޑަބްލިއު.ޑީ.އެފް (އތމ ކޮމިޓީގެ ފަންޑް) އަށް "ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުން" މިނަމުގައި ހަރަކާތެއް އިތުރުކޮށް، އެލް.ސީ.ޑަބްލިއު.ޑީ.އެފް ފަންޑުގެ "ރަމަޟާން މަހު ހިފްޘްކޮށް ތަރާވިޙް ނަމާދުކުރުމަށް ހާފިޘް ގެނައުމަށް އެހީވުން" މި ހަރަކާތުގެ 223014 ކޯޑްއިން 5000.00 (ފަސްހާސް ރުފިޔާ) އުނިކޮށް، އެލް.ސީ.ޑަބްލިއު.ޑީ.އެފް ފަންޑުގެ "ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުން" ހަރަކާތުގެ 223014 ކޯޑަށް 5000.00 (ފަސްހާސް ރުފިޔާ) އިތުރު ކުރުމުގެ އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
  6. އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/26/4/216/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 216 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ

ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ

#

ނަން

މަޤާމު

1

އަލްފާޟިލް   އާދަމް ޝަފީޤް

ސެކްރެޓަރީ ޖެނެރަލް

2

އަލްފާޟިލް   ޔަޙުޔާ ރަޝީދު

 ޑިރެކްޓަރ

3

 

 


ޖަލްސާގެ ހާޒިރީ

#

ނަން

ހާޒިރުވި

ހާޒިނުވާ

1

ކައުންސިލް ރައީސް އަހްމަދު މޫސާ

ކ

 

2

ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު

ކ

 

3

ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް

ކ

 

4

ކައުންސިލް މެންބަރު ނަޝްފާ މާހިރު

ކ

 

5

ކައުންސިލް މެންބަރު މަރިޔަމް އަލީ

ކ

 

 

01 ޖުލައި 2025
ހޯދާ