ދިވެހިރާއްޖެ
މަޤާމް :ލީގަލް ކޮންސަލްޓަންޓް | |
---|---|
ބޭނުންވާ އަދަދު :2 | |
އިޢުލާން
މި މިނިސްޓްރީގެ މެންޑޭޓާއި ގުޅޭގޮތުން ސިޔާސަތުތަކާއި، ޤާނޫނުތަކާއި، ގަވާއިދުތަކާއި އަދި އެހެނިހެން ރެގިއުލޭޓަރީ ލިޔެކިޔުންތައް އެކުލަވާލުމުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަނިވި ދާއިރާގެ ފަންނީ ޤާބިލް ތަޖުރިބާކާރުން 02 އަހަރު ދުވަހުގެ މުއްދަތަށް ބޭނުންވެއެވެ. މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރު) މި ޢިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މަޤާމު |
އަދަދު |
ލީގަލް ކޮންސަލްޓަންޓް |
02 |
ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 7 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ (އަމީނީމަގު، މާލެ) އަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ހިއުމަން ރިސޯސް ސެކްޝަން / އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ
ދަރުބާރުގެ، އަމީނީ މަގު، މާލެ، 20344، ދިވެހިރާއްޖެ
ފޯން: 4004900
އީ-މެއިލް: [email protected]