ދިވެހިރާއްޖެ
| 
 އިޢުލާން  | 
|
| 
 މަޤާމު:  | 
 ހައުސްކީޕަރ  | 
| 
 ބޭނުންވާ ޢަދަދު:  | 
 01 (އެކެއް)  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް:  | 
 އެސް.އެސް 1  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ސަޕޯޓް ސްޓާފް ގރ 1  | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 ރ. އަލިފުށީ މެޖިސްޓްރޭޓް ކޯޓް  | 
| 
 މުސާރަ:  | 
 -/3100ރ. (ތިންހާސް އެއް ސަތޭކަ ރުފިޔާ)  | 
| 
 އެހެނިހެން އެލަވަންސް:  | 
 - ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35 - ސަރވިސް އެލަވަންސް: -/1000ރ. (އެއްހާސް ރުފިޔާ) - ލިވިންގ އެލަވަންސް: -/2550ރ. (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
  | 
| 
 މަޤާމުގެ ޝަރުޠުތައް:  | 
 ނޯޓު: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް މިކޯޓުންދޭ ޓެސްޓުން ފާސްވުމުންނެވެ.  | 
| 
 އެހެނިހެން ޝަރުޠު 
  | 
 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ 2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ 2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ 2.4 އަނބިމީހާ ނުވަތަ ފިރިމިހާ؛ ނުވަތަ 2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް).  | 
| 
 މަޤާމުގެ މަސައްކަތުގެ ދާއިރާ:  | 
 ހައުސްކީޕިންގ އެންޑް މެއިންޓެނަންސް / ޑެލިވަރީ  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އޭ. ލެވެލް ފުރިހަމަކޮށްފައި ވާނަމަ އެ ސެޓްފިކެޓުތަކުގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ؛ (ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 - އަސާސީ ޝަރުޠު ހަމަވުން %50 - އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމަށް %5 - އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ: %5 - އިންޓަރވިއު: %40  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 ޖުލައި 2025 ވާ ބުދަ ދުވަހުގެ 13:00 ކުރިން ރ.އަލިފުށީ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެސް ތިރީގައި އެވަނީއެވެ. އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  | 
| 
 ޝޯޓްލިސްޓްކުރުން:  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.  | 
| 
 އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނީ 2025 ޖުލައި 13ން 17 އާއި ދެމެދު ރ.އަލިފުށި މެޖިސްޓްރޭޓް ކޯޓުގައިއެވެ.  | 
| 
 ވަޒީފާއަށް ކުރިމަތިލީ ފާރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން  | 
 ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި، އަދި ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.  | 
 
 މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފަރަލް ރިޕޯޓް މިކޯޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމެއެވެ.  | 
|
