ދިވެހިރާއްޖެ
FSM-ADV/2025/079
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އޭސީ ޓެކްނީޝަން |
ޑިޕާޓްމަންޓް/ސެކްސަން: |
އެންޖިނިއަރިންގ ޑިޕާރޓްމަންޓް |
ބޭނުންވާ ޢަދަދު: |
01 |
ޝަރުތުތައް: |
- ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަންގެ ސެޓްފިކެޓް 3 ޙާސިލްކޮށްފައިވުން - މަސައްކަތުގެ ގުޅުންހުރި ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން - މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަދަ ރަނގަޅު ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. |
މަސްޢޫލިއްޔަތު: |
- އޭސީތައް ހަރުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުން. - އޭސީތައް ގަވާއިދުން ސަރވިސް ކުރުން. - ރެފްރިޖެރޭޝަންގެ އެންމެހާ މަސައްކަތް ކުރުން. - އެސީ ސިސްޓަމުގެ އިލެކްޓްރިކަލް އަދި މެކޭނިކަލް ފޯލްޓްތަކާއި މައްސަލަތައް ދެނެގަނެ ހައްލުކުރުން. |
މަހު މުސާރަ: |
- 13,000ރ އާއި 14,000ރ އާއި ދެމެދު |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އެންޖިނިއަރިންގ ޑިޕާރޓްމަންޓް އެފް. އެސް. އެމް |
މަޤާމް: |
ވެލްޑަރ |
ޑިޕާޓްމަންޓް/ސެކްސަން: |
އިންޖިނިއަރިންގ ޑިޕާރޓްމަންޓް |
ބޭނުންވާ ޢަދަދު: |
01 |
މަސައްކަތުގެ ބާވަތް: |
- ކުންފުނީގެ ބޯޓުފަހަރު މަރާމާތުކުރުމަށް ކުރަންޖެހޭ ވެލްޑިންގ މަސައްކަތް އަދި ދަގަނޑު ކެފުންފަދަ މަސައްކަތް ކުންފުނީގެ އެކިއެކި ބޭނުންތަކަށް ކުރަންޖެހޭ ވެލްޑިންގްގެ މަސައްކަތް |
ޝަރުތުތައް: |
- މަސައްކަތުގެ ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖުރިބާ ޙާސިލްކޮށްފައިވުން |
މަހު މުސާރަ: |
12,000ރ އާއި 13,000ރ އާއި ދެމެދު |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އިންޖިނިއަރިންގ ޑިޕާރޓްމަންޓް އެފް. އެސް. އެމް ބޯޓްޔާރޑް |
މަޤާމް: |
އޮފިސަރ، އެޑްމިނިސްޓްރޭޝަން |
ޑިޕާޓްމަންޓް/ސެކްސަން: |
ލޮޖިސްޓިކްސް |
ބޭނުންވާ ޢަދަދު: |
01 |
މަސައްކަތުގެ ބާވަތް: |
- ސިޓީ، މެމޯ އަދި އެޑްމިންއާ ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ޑިޕާޓްމަންޓުގެ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން - އެހެން ޑިޕާޓްމަންޓްތަކާ ކޯޑިނޭޓްކޮށްގެން އެޑްމިންއާ ގުޅުންހުރި މަސައްކަތްތަކަށް ހާޒިރުވެ ކުރުން - ބައްދަލުވުމުގެ ޔައުމިއްޔާ ތައްޔާރުކުރުން ކުރުމާއި، ޑިޕާރޓްމަންޓް އެތެރޭގެ ސްޓޮކް ހޯދުމާއި ބެލެހެއްޓުން - ދުވަހުން ދުވަހަށް ލޮގްތަކާއި ހަފްތާއަކު އެއްފަހަރު ރިޕޯޓްތައް އަޕްޑޭޓްކުރުމާއި، ދުވަހުން ދުވަހަށް ލިޔެކިޔުންތައް ފައިލްކުރުމާއި، ޕްރޮސެސްކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކުރުން - މަސައްކަތާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން ކަސްޓަމަރުންނާ މުއާމަލާތްކުރުމާއި އޯޑަރުތަކާއި އެހެނިހެން މައްސަލަތަކާ ގުޅޭގޮތުން އުޅަނދުފަހަރާ މުއާމަލާތްކުރުން |
ޝަރުތުތައް: |
- މައިކްރޯސޮފްޓް އޮފީސް ސޮފްޓްވެއާ ބޭނުންކުރަން އެގުން - ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން މަދުވެގެން 4 ފާސް ލިބިފައިވުން - އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ |
މަހު މުސާރަ: |
11,000ރ އާއި 12,000ރ އާއި ދެމެދު |
ޑިޕާޓްމަންޓް: |
ލޮޖިސްޓިކްސް ޑިޕާރޓްމަންޓް އެފް. އެސް. އެމް ހެޑް އޮފީސް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 05 ޖުލައި 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
30 ޖޫން 2025