މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-405379

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓް

ޑިވިޜަން/ ސެކްޝަން/ޔުނިޓް

ފްރޮންޓް އޮފީސް ޔުނިޓް

މުސާރަ:

6295 ރުފިޔާ

ސަރވިސް އެލަވަންސް:

2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސަޕޯޓިން ކޯ އެލަވަންސްގެ ގޮތުގައި 900/- ރުފިޔާ
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ފޯނުކޯލްތަކަށް ޖަވާބު ދީ، ކަމާގުޅުންހުރި ޑިޕާޓްމެންޓް/ސެކްޝަންތަކަށް ފޮނުވުން.
  • ފޯނުކޯލްތަކާއި ގުޅިގެން އަންނަ ޝަކުވާތައް ސެކްޝަންގެ ރިސެޕްޝަން ހިންގުމާއި ހަވާލުވެ ހުންނަ ސްޕަވައިޒަރު މެދުވެރިކޮށް ކަމާއި ގުޅުން ހުރި ސެކްޝަނަށް އެންގުން.
  • އެކިއެކި ޚިދުމަތް ތައް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތް ތައް ފޯރުކޮށްދީ، މަގުދައްކައި، އެހީތެރިވެދިނުން.
  • އެކިއެކި ޚިދުމަތްތައް ހޯދުމަށް އަންނަ ފަރާތްތަކަށް މެހުމާންދާރީ އަދާކުރުން.
  • އެންޓްރީ އަށް އަންނަ ހުރިހައި ލިޔެކިޔުންތައް ބަލައިގަތުން.
  • އެންޓްރީއަށް އަންނަ ހުރިހާ ލިޔެކުއުންތަކެއް ޑައުންލޯޑް ކުރުމާއި، ސްކޭންކޮށް ސޮފްޓް ކޮޕީއެއް ސާވަރގައި ސޭވްކުރުމާއި ދުވަސް، މަސް އަދި އަހަރު އެނގޭނެ ފަދައިން ބެލެހެއްޓުން.
  • ހާޑް ކޮޕީސްގެ ގޮތުގައި ލިބޭ އެންޓްރީސް ގަވައިދުން ފައިލްކޮށް ބެލެހެއްޓުން.
  • ކޮންމެ ދުވަހަކު މަދުވެގެން ގަޑިއަކު 1 ފަހަރު ޖެމްސް އަދި އީމެއިލް ޗެކްކުރުން.
  • ދުވަހުން ދުވަހަށް އެންޓްރީތައް ކަމާ ގުޅުންހުރި ޑިޕާޓްމަންޓް/ސެކްޝަންތަކަށް ރޫޓް ކުރުން.
  • ކޮންފިޑެންޝަލް އެންޓްރީސް ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ އިދާރާގެ އެންމެ އިސްވެރިޔާގެ ސަމާލުކަމަށް ދުވަހުން ދުވަހަށް ގެނައުން.
  • އެންޓްރީއަކާއި ގުޅިގެން އަންނަ މައްސަލަތަށް އެޑްމިންސްޓްރޭޝަންގެ ރިސެޕްޝަން ބަލެހެއްޓުމާއި ހަވާލުވެ ހުރި ވެރިޔާ މެދުވެރިކޮށް ކަމާ ގުޅުންހުރި ޑިޕާޓްމަންޓް/ސެކްޝަންތަކުގެ ވެރިންގެ ސަމާލުކަމަށް ގެނެއުން. އަދި ހައްލެއް ނުލިބިއްޖެ ނަމަ ޕަރމަނަންޓް ސެކްރެޓަރީއަށް އެންގުން.
  • ޑެޑްލައިން ހަމަވާ އެންޓްރީތައް ޑިޕާޓްމެންޓް/ސެކްޝަންތަކުގެ ވެރިންގެ ސަމާލުކަމަށް އެޑްމިނިސްޓްރޭޝަންގެ ވެރިއެއް މެދުވެރިކޮށް ގެނައުން.
  • އާންމުކޮށް އެންޓްރީވާ ލިޔެކިއުމުގައި ހުންނަ ކަންތައްތައް ފިޔަވާ ޚާއްސަ ކަންކަންކަމުގެ( އެޤްޒެކެޓިވް ޑިޒިޝަންއެއް ބޭނުންވާނެ ފަދަ) ލިސްޓްއެއް ކޮންމެ ތައްޔާރުކޮށް ސްޕަވައިޒަރާ ހިއްސާކުރުން.
  • ސެކްޝަންތަކުން ޓީއެމްޓީއެސް އިން ރިޖެކްޓް ކުރެވޭ ލިޔުން ތަކާ މެދު ޢަމަލު ކުރާނެ ގޮތުގެ އިރުޝާދު ހޯދައި، މައްސަލަ ހައްލުކުރުން.
  • މިނިސްޓްރީގެ ކައުންޓަރ އަދި ކޯލް ސެންޓަރ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކޮށް އިސްކޮށް ބެލެހެއްޓުން.
  • ރަސްމީ މަސައްކަތު ގަޑީގައި ކައުންޓަރ ގައި މުވައްޒަފުން ތިބޭކަން ކަށަވަރުން.
  • ކައުންޓަރަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި، ކައުންޓަރު މުވައްޒަފުން މުޢާމަލާތް ކުރުމުގައި، ގެންގުޅެން ޖެހޭ ހަމަތަކާއި، ގަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް އަމަލުކުރޭތޯ ކަށަވަރު ކުރުން.
  • ކައުންޓަރުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި، ކައުންޓަރު މުވައްޒަފުންނާއި މުޢާމަލާތު ކުރުމަށް ދަތިވާ ހާލަތްތަކުގައި އެފަރާތްތަކަށް އެޓެންޑްވުން.
  • މިނިސްޓްރީގެ ކޯލް ސެންޓަރަށް އަންނަ ކޯލްތަކަށް ކައުންޓަރުން ޖަވާބުދޭކަން ކަށަވަރުކުރުން
  • ކޯލްސެންޓަރ އަށް އަންނަ ކޯލްތަކާއި، ކައުންޓަރަށް ލިބޭ ލިޔެކިއުންތަކާއި، މިނިސްޓްރީގެ އިންފޮރ އީމެއިލް އަންނަ މެއިލްތަކާއި، ޖެމްސް މެދުވެރިކޮށް އަންނަ ލިޔުންތައް، މިނިސްޓްރީން ކަނޑައަޅާފައިވާ ސިސްޓަމްގެ ތެރެއިން، ގަވާއިދުން ރޫޓް ކުރަމުން ގެންދެވޭތޯ ބަލާ މޮނިޓަރ ކުރުން
  • ޖަވާބު ދާރީ ވުން ލަސްވުމާއި ގުޅިގެން ކައުންޓަރ އަދި ކޯލްސެންޓަރަށް އަންނަ ޝަކުވާތައް ލޮގްކޮށް، ގުޅުންހުރި ސުޕަވައިޒަރުންނާއި ހިއްސާކުރުން
  • ކައުންޓަރ އަދި ކޯލްސެންޓަރ މުވައްޒަފުންނަށް، މިނިސްޓްރީންގެ ޓްރޭނިންގ ޔުނިޓާއި ގުޅިގެން  މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ތަމްރީންގެ ފުރުޞަތު ހޯދައިދިނުން.
  • ކައުންޓަރ އަދި ކޯލްސެންޓަރުން ދޭ ޚިދުމަތްތަކާއި ގުޅޭ އެސް.އޯޕީތައް ޑިވިޝަންގެ ވެރިޔާގެ ލަފާގެ މަތިން އެކުލަވާލުމުގައި އެހީތެރިވުން
  • ކައުންޓަރ އަދި ކޯލްސެންޓަރަށް ޚިދުމަތް ދިނުމަށް ބޭނުންވާ ވަޞީލަތްތައް ހަމައަށް ލިބޭކަން ކަށަވަރު ކުރުން.
  • ފްރަންޓް އޮފީސް ގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލް  އަދި ޓާރގެޓް އެޅުމުގެ މަސއްކަތް ކަނޑައެޅިފައިވާ މުއްދަތައް ނިންމުން.
  • އެޑްމިނިސްޓްރޭޝަން ޑިވިޝަންގެ ބަޖެޓް އެކުލަވާލުމުގައި އެހީތެރިވުން
  • އެޑްމިނިސްޓްރޭޝަން ޑިވިޝަންގެ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވުމާއި، އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
  • ޔުނިޓް ގެ އިސްވެރިޔާ ނެތް ހާލަތް ތަކުގައި ޔުނިޓް ބެލެހެއްޓުމުގެ ޒިންމާ އަދާ ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ  8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 

އެޑްމިނިސްޓްރޭޝަން 

ބިޒްނަސް އެޑްމިނިސްޓްރޭޝަން  

ބިޒްނަސް މެނޭޖްމަންޓް  

މެނޭޖްމަންޓް 

ޕަބްލިކް އެޑްމިނިސްޓްރޭޝަން  

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

ޕަބްލިކް އެޑްމިނިސްޓްރޭޝަން 

ބިޒްނަސް މެނޭޖްމަންޓް  

 ބިޒްނަސް އެޑްމިނިސްޓްރޭޝަން  

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06  ޖުލައި 2025 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓް (އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން)  އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު / އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ، 07 ޖުލައި 2025 އާއި 24 ޖުލައި 2025 އާދެމެދު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް، އުމަރު ޒާހިރު އޮފީސް ބިލްޑިންގ (2 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3027576 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

30 ޖޫން 2025

30 ޖޫން 2025
ހޯދާ