ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ވޮލަންޓިއަރ އިންޓަރންޝިޕް

މަޤާމް :Volunteer Internship
ބޭނުންވާ އަދަދު :10
 

 

ވޮލަންޓިއަރ މުވައްޒަފުން ހޯދުން (06މަސް)

ނަންބަރު: 173(IUL)434-HR/434/2025/

ތާރީޚް: 30 ޖޫން 2025

މަސައްކަތް ކުރުމުގެ ފުރުސަތު ހުރި ތަންތަން

  • ނޭޝަނަލް ޑްރަގް އޭޖެންސީ
  • ގ. ގްރީންގެ އެން.ޑީ.އޭ އޮފީސް

ބޭނުންވާ އަދަދު:

20

މަގާމު:

-          އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

-          ކްލިނިކަލް އެސިސްޓެންޓް

-          ލީގަލް އެސިސްޓެންޓް

-          ކައުންސެލަރ އެސިސްޓެންޓް

-          ވޮލަންޓިއަރ ޕިއަރ ވޯރކަރސް

-          މީޓިންގ އެންޑް ކޯޑިނޭޝަން އެސިސްޓެންޓް

-          އިވެންޓް އޯގަނައިޒަރ

-          ކަސްޓަމަރ ސަރވިސް އެސިސްޓެންޓް

-          ޑާޓާ އެންޓްރީ އެސިސްޓެންޓުން

-          ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ޝަރުތު:

ގްރޭޑް 10 ނިންމާފައި ހުރުން / އޯލެވެލް ނުވަތަ އޭލެވެލް ނިންމާފައި ހުރުން

މައިގަނޑު މަސްއޫލިއްޔަތު:

އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

1.      މި އޭޖެންސީގެ ސެކްޝަންތަކުގައި މަސައްކަތް ކުރުމަށް

  1. އިދާރީ ގޮތުން ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  2. ސެކްޝަނުގެ ޔައުމިއްޔާގެ މަސައްކަތް ކުރުމާއި ޔައުމިއްޔާ ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  3. ރިސެޕްޝަންގެ ޑިއުޓީ ނެގުން.
  4. ރަސްމީކޮށް ހަވާލުކުރެވޭ ލިޔެކިޔުންތަކުގެ އެންޓްރީ ބެލެހެއްޓުން.
  5. އެކިއެކި މުވައްސަސާތަކުން އަންނަ / ފޮނުވާ ސިޓީތަކުގެ ޖަވާބު ފޮނުވުމަށް ބޭނުންވާ މައުލޫމާތުތައް ހޯދުން.
  6. ކްލިނިކަލް އަދި އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  7. ފޯންކޯލްތަކަށް ޖަވާބުދިނުން އަދި ރިކޯޑް ބެލެހެއްޓުން.
  8. ޑިއުޓީ ހަމަޖައްސަންޖެހިއްޖެ ހާލަތެއްގައި ޑިއުޓީ ރޯސްޓަރ ތައްޔާރުކުރުމާއި އެކަމުގެ އިންތިޒާމް ހަމަޖެއްސުން.
  9. ސްޓޮކް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  10. ސެކްޝަނުން ރާވާ ހިންގާ މުހިއްމު އިވެންޓްތަކުގައި އަމަލީގޮތުން ބައިވެރިވުން.

ކްލިނިކަލް އެސިސްޓެންޓް

1.      ޑޮކްޓަރުން އަދި ސައިކޭޓްރިއެސްޓުންގެ ކޮންސަލްޓޭޝަންގައި ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރުން.

2.      އިދާރީ ގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓް، މެމޯ ފަދަ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.

3.      ޑޮކްޓަރުންނާއި، ސައިކޭޓްރިއެސްޓުން ކްލައިންޓުންނަށް ލިޔެދެއްވާ ބޭސްނެގުމުގެ އިދާރީ މަސައްކަތްތައް ކުރުމާއި އޭގެ އިންތިޒާމްތައް ހަމަޖެއްސުން.

4.      ސުޕަވައިޒަރުގެ ލަފާގެ މަތިން ސެންޓަރުގެ ކްލިނިކަލް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

5.      އަދާކުރާ މަސައްކަތްތާއި ގުޅިގެން މާލޭ އޭރިއާގެ މިއެޖެންސީގެ ސެންޓަރަކަށް ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރުން.

ލީގަލް އެސިސްޓެންޓް

1.      ލީގަލް ސެކްޝަނުން ކުރަމުންދާ އިދާރީ މަސައްކަތްތަކަށް އެހީތެރިކަށް ފޯރުކޮށްދިނުން.

2.      އިދާރީ ގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާކުރުމަށް ބޭނުންވާ މައުލޫމާތްތައް ހޯދުމާއި ރިޕޯޓްތައް ތައްޔާކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

3.      ލީގަލް ސެކްޝަނަން ބޭނުންވެގެން ދުވަހުން ދުވަހަށް ހޯދަންޖެހޭ މަޢުލޫމާތުތައް ސެންޓަރުތަކާއި ގުޅިގެން ހޯދުން.

4.      ސެކްޝަންގެ ޔައުމިއްޔާ ތައްޔާރުކުރުން

5.      ކުށުގެ ރިކޯޑް ސާފްކުރުމަށް ސެކްޝަނަން އަންނަ ފޯމްތައް ދުވަހުން ދުވަހަށް ނިންމުމަށް އެހީތެރިކަށް ފޯރުކޮށްދިނުން.

  1. ފޯންކޯލްތަކަށް ޖަވާބްދިނުން އަދި ރިކޯޑް ބެލެހެއްޓުން.
  2. އަދާކުރާ މަސައްކަތްތާއި ގުޅިގެން ނޭޝަނަލް ޑްރަގް އޭޖެންސީގެ މާލޭ އޭރިއާގެ ސެންޓަރުތަކަށް ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރުން.

ކައުންސެލަރ އެސިސްޓެންޓް

1.      ކައުންސެލަރުން ކުރަމުންދާ އިދާރީ މަސައްކަތްތަކަށް އެހީތެރިކަށް ފޯރުކޮށްދިނުން.

2.      އިދާރީ ގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާކުރުމަށް ބޭނުންވާ މައުލޫމާތްތައް ހޯދުމާއި ރިޕޯޓްތައް ތައްޔާކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

3.      ކްލިނިކަލް އަދި އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކަށް އެހީތެރިކަށް ފޯރުކޮށްދިނުން.

4.      ފޯންކޯލްތަކަށް ޖަވާބްދިނުން އަދި ރިކޯޑް ބެލެހެއްޓުން.

5.      އަދާކުރާ މަސައްކަތްތާއި ގުޅިގެން މާލޭ އޭރިއާގެ މިއެޖެންސީގެ ސެންޓަރަކަށް ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރުން.

ވޮލަންޓިއަރ ޕިއަރ ވޯރކަރސް

1.      ފަރުވާދޭ މަރުކަޒުތަކުން ފޯރުކޮށް ދެމުންދާ ކްލައިންޓުންނާއި ގުޅުންހުރި އެންމެހާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

2.      ފަރުވާދޭ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ކްލިނިކަލް އަދި އިދާރީ އެހީތެރިކަށް ފޯރުކޮށްދިނުން

3.      މަރުކަޒުން ބޭރަށް ނުވަތަ ރަށުން ބޭރަށް ދާންޖެހިއްޖެ ކްލައިންޓުންނަން އެހީތެރިވުމާއި، ސެކިއުރިޓީ ފޯރުކޮށްދިނުން ފަދަ ހިދުމަތްތައް ފޯރުކޮށްދިނުން.

4.      ފަރުވާދޭ މަރުކަޒުތަކުގައި މަސައްކަތް ކުރަމުންދާ ސެކިއުރިޓީންނާއި ކްލިނިކަލް ސްޓާފުންނަށް އެހީތެރިކަށް ފޯރުކޮށްދިނުން.

5.      އަދާކުރާ މަސައްކަތްތާއި ގުޅިގެން މާލޭ އޭރިއާގެ މިއެޖެންސީގެ ސެންޓަރަކަށް ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރުން.

6.      މި އޭޖެންސީ އިން ހިންގާ ހާއްޞަ އިވެންޓްސް ތަކުގައި އާއި މުނާސަބަތުގައި ބައިވެރިވުން

މީޓިންގ އެންޑް ކޯޑިނޭޝަން އެސިސްޓެންޓް

1.      އެކިއެކި ޓީމުތަކާއި ބޭރުގެ ސްޓޭކްހޯލްޑަރުންނާއެކު ބާއްވާ ބައްދަލުވުންތައް ޝެޑިއުލްކުރުމުގައި އެހީތެރިވުން.

2.      އެކިއެކި ބައްދަލުވުންތަކުގެ ކަންކަން އިންތިޒާމްކޮށް، ފޮލޯއަޕް ހެދުމާއި، ގުޅުންހުރި މަސައްކަތްކުރުމާއި، އެޕޮއިންޓްމަންޓް ހެދުމާއި، ސުންގަޑިތައް ގެއްލިގެން ނުދާނެކަން ޔަގީންކޮށް މަސައްކަތްތައް ރާވާލުން.

3.      ބައްދަލުވުންތަކަށް އަދި އިވެންޓްތަކަށް އެޖެންޑާ ތައްޔާރުކުރުމާއި ނޯޓް ހެދުމުގައި އެހީތެރިވުން.

4.      މިއެޖެންސީގެ ހަރަކާތްތަކުގެ ޝެއަރޑް ކެލެންޑަރެއް އިންތިޒާމުކޮށް ބެލެހެއްޓުން.

5.      އިވެންޓްތަކުގެ މަސައްކަތްތައް އިންތިޒާމުކުރުމުގައި އެހީތެރިވުމާއި، މަސައްކަތު ޝެޑިއުލްތައް ބެލެހެއްޓުމާއި، އިވެންޓްތަކުގެ ހާޒިރީ ޓްރެކްކުރުމާއި، އިދާރީ މުހިންމު އެހެން މަސައްކަތްތަކުގައި އެހީތެރިވުން.

އިވެންޓް އޯގަނައިޒަރ

1.      އައުޓްރީޗް ކުރުމުގައި އެހީތެރިވުން: ފޯނުކޯލް ކުރުމާއި، އީމެއިލް ފޮނުވުމާއި، ފޮލޯއަޕް ކުރުން.

  1. ގުޅުންހުރި މަސައްކަތްތަކުގެ ލޮޖިސްޓިކްސް އަދި މުޢާމަލާތުކުރުން ހިމެނޭ ގޮތަށް އިވެންޓްތަކާއި ވޯކްޝޮޕްތަކާއި ސެޝަންތައް ތައްޔާރުކުރުމާއި ކޯޑިނޭޓްކުރުމުގައި އެހީތެރިވުން. (ޕްރިންޓްކުރުން، ސެޓްއަޕްކުރުން، ސައިނޭޖް ބެހެއްޓުން ފަދަ ކަންކަން).
  2. އިވެންޓް ރިޕޯޓްތައް ތައްޔާރުކުރުމާއި، ފޮޓޯތައް ހޯދުމާއި، ހާޒިރީ ތައްޔާރުކުރުމާއި، އިވެންޓް އޮޕަރޭޝަންގެ މަސައްކަތްކުރުމާއި، ލިޔެކިޔުންތައް ތައްޔާރުކޮށް، ޑޮކިއުމަންޓްކުރުމުގައި އެހީތެރިވުން.
  3. އިވެންޓަށްފަހު ފީޑްބެކް އެއްކުރުމާއި ރިޕޯޓްތައް އެކުލަވާލުމުގައި އެހީތެރިވުން.
  4. ޑިޖިޓަލް ފައިލްތަކާއި، ރެކޯޑްތަކާއި، ޝެއަރޑް ފޯލްޑަރުތައް އިންތިޒާމުކުރުމުގައި އެހީތެރިވުން.
  5. ލިޔެކިޔުންތައް އުފެއްދުމާއި ފޯމެޓްކުރުމުގައި އެހީތެރިވުން.
  6. މެމޯތަކާއި އީމެއިލްތަކާއި ޓެމްޕްލޭޓްތައް ޑްރާފްޓްކުރުން.

ކަސްޓަމަރ ސަރވިސް އެސިސްޓެންޓް

1.      ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް  ހޮސްޕިޓަލުގެ ހިދުމަތްތަކާއި ގުޅޭގޮތުން މައުޞޫމާތު ދިނުމާއި ހިދުމަތް ހޯދުމަށް ޑިޕާޓްމަންޓުތަކަށް ދާންޖެހޭ މަގު ދެއްކައިދިނުން.

2.      ހޮސްޕިޓަލްގެ ހިދްމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޑިޕާޓްމަންޓުތަކުން ހިދްމަތް ފޯރުކޮށްދިނުމަށް އެހީތެރިވެދިނުމާއި ހިދުމަތް ހޯދުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުން.

3.      ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކާއި ގުޅޭގޮތުން ހުށައަޅާ ޝަކުވާތަށް އަޑުއަހައި ހައްލުކޮށްދިނުން.

4.      ހިދުމަތް ހޯދަން އަންނަ ފަރާތްތަކުން ހިދުމަތާއި ގުޅޭގޮތުން ދެކޭގޮތް އޮޅުންފިލުވުމަށްފަހު ކަމާ ބެހޭ ޔުނިޓް/ޑިޕާޓްމަންޓުތަކަށް އެންގުން.

5.      ހޮސްޕިޓަލުގެ ހިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ހިދުމަތަކީ އެފަރާތްތަކުން ބަލައިގަނެވޭފަދަ އަދި ހިތްހަމަޖެހޭގޮތަށް ފޯރުކޮށްދެވުނު ހިދްމަތަކަށް ހެދުމަށް މަސައްކަތްކުރުން.

6.      ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކަކީ ފެންވަރު ރަގަޅު އަދި ހިދުމަތްހޯދަން އަންނަ ފަރާތްތަކުން އެދޭ ފަދަ ގޮތަކަށް ފޯރުކޮށް ދެވުނު ހިދުމަތެއްކަމުގައި ހެދުމާއިއެކު ހޮސްޕިޓަލަށް ރީތި ނަން ހޯދައިދިނުން.

ޑާޓާ އެންޓްރީ އެސިސްޓެންޓުން

1.      މަސައްކަތާއި ގުޅުން ހުރި މައިލޫމާތުގެ ސިއްރު ހިފެހެއްޓުން.

2.      ޑިޕާޓްމަންޓަށް ހަވާލު ލުރެވޭ ނޯޓް އަދި ފައިލް ފަދަ ތަކެތި އޯގަނައިޒްކޮށް ބެލެހެއްޓުން.

3.      ރިސާރޗް ޔުނިޓުން އެއްކުރަންޖެހޭ މައުލޫމާތު އެއްކުރުމުގައި އެހީތެރިވުން.

4.      ޕްރޮފެޝަނަލް ރިޕޯޓްތައް ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން.

5.      ހަވާލު ކުރެވޭ އެންމެހާ އިދާރީ މަސައްކަތްތައް ފުރިހަމަގޮތުގައި ނިންމުން.

6.      އޮންލައިން ކޮށް ކުރުމަށް ހަވާލުކުރެވޭ މަސައްކަތްތައް  ފުރިހަމަ ކުރުމުގައި އެހީތެރިވެދިނުން.

7.      ޕްރެޖެކްޓާއި ގުޅުންހުރި މީޓިންގެ، ސެމިނަރ އަދި އިވެންޓުތަކުގައި ބައިވެރިވުން.

8.      ޑިޕާޓްމަންޓުން ހަވާލުކުރާ ލިޔުން ، ރިޕޯޓް އަދި ޕްރެސެންޓޭޝަން ތައްޔާރުކުރުން.

ކޮމްޕިއުޓަރ ޓެކްނީޝަން

1.      ސީނިއަރ ކޮމްޕިޔުޓަރގެ ލަފާގެމަތީން ކޮމްޕިއުޓްރ ނެޓްވޯކް ރަގަޅަށް ބެލުމާއި ދިމާވާ އެންމެހައި މައްސަލަތައް ހައްލުކުރުން.

2.      ސީނިއަރ ކޮމްޕިޔުޓަރގެ ލަފާގެމަތީން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކްލާސްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ރަގަޅަށް ބެލެހެއްޓުން.

3.      މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ފޮޓޯކޮޕީ މެޝިންފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން.

4.      މޯލްޑިވްސް ޕޮލިޓެކްނިކްގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް އައި.ޓީ ޔުނިޓުން ފޯރުކޮށްދޭންޖެހޭ އެންމެހާ ކަންކަން ކޮށްދިނުން.

5.      މޯލްޑިވްސް ޕޮލިޓެކްނިކްގެ ލެބްތަކާއި ކްލާސްރޫމްގައި ހުންނަ ކޮމްޕިއުޓަރުތަކަށް ބޭނުންވާ ސޮފްޓްވެއަރތައް އަޕްޑޭޓްކުރުމާއި ، އިންސްޓޯލްކުރުން.

 

ނޯޓް: ވޮލަންޓިއަރކޮށް މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ މަސައްކަތް ސުޕަވައިޒްކޮށް މޮނިޓަރކުރެވެމުންދާނެއެވެ. އެގޮތުން މަސައްކަތް ކުރަމުންދާނީ ސުޕަވައިޒަރެއްގެ ބެލުމާއި އިރުޝާދުގެ ދަށުންނެވެ.

 

މީހުން ހޮވުމުގައި ބަލާނެކަންތައްތައް:

- މަސައްކަތާގުޅޭ ދާއިރާ އަމަލީ ތަޖުރިބާ ލިބިފައިހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

- ދިވެހި އަދި އިނގިރޭސިބަހުން މުޢާމަލާތްކުރުމުގެ ހުނަރު

- ވާހަކަ ދެއްކުމުގެ ހުނަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވޮލަންޓިއަރ މަޤާމަށް އެދޭ ފަރާތުގެ ސީވީ ނުވަތަ ޕޯޓްފޯލިއޯ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވޮލަންޓިއަރ މަޤާމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްގެ ކޮޕީ އަދި ތަޖރިބާގެ ލިޔުންތައް
  4. ޕޮލިސް ރިޕޯޓް (މަޤާމަށް ޝޯޓްލިސްޓް ވުމުގެ ކުރިން ހުށަހެޅުން)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 9 ޖުލައި 2025 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށެވެ.

 

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މެއިލްކުރައްވާއިރު ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުމަށް ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު

  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

މި މަޤާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އީ-މެއިލްގެ ޒަރީއާއިން އެންގޭނެއެވެ. 

 
 
30 ޖޫން 2025
ހޯދާ