މަޤާމް:
|
ސީނިއަރ ކައުންސިލް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-376965
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް.އެސް. 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ ކައުންސިލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ / ދ. ކުޑަހުވަދޫ
|
އޮގަނައިޒޭޝަން ޔުނިޓް:
|
އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަން، އިކޮނޮމިކް އެންޑް ސޯޝަލް ޑިވަލޮޕްމެންޓް ޔުނިޓް
|
މުސާރަ:
|
6295.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2000.00 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސަޕޯޓިންގ ކޯ އެލަވަންސް މަހަކު 900.00 ރުފިޔާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް މަހަކު 2203.25 ރުފިޔާ
- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ފެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ފެންޝަން ކޮންޓްރިބިއުޝަން.
|
މަޤާމުގެ މައިގަނޑު
މަސްއޫލިއްޔަތުތަކާއި
ވާޖިބުތައް:
|
- ކައުންސިލްގެ އިދާރާއަށް އާމްދަނީ އިތުރުކުރުމަށްޓަކައި ، ލިބިފައިވާ ވަޞީލަތްތައް އެންމެ ފައިދާކުރާގޮތަށް މެނޭޖްކުރުމާއެކު ކައުންސިލަށް އާމްދަނީ އިތުރުކުރެވޭފަދަ މަސައްކަތްތައް ކައުންސިލްގެ މަޝްވަރާގެމަތިން ރާވާހިންގުން
- ޔުނިޓްގެ ވެރިޔާ އެއްވެސް ޗުއްޓީއެއްގައި ހުންނަވާ ދުވަސްތަކުގައާއި އަދި އެއްވެސް ސަބަބެއް ދިމާވެގެން މަސައްކަތުން އެކަހެރިވާ ހާލަތްތަކުގައި ޔުނިޓް ހިންގުމުގެ ޒިންމާއަދާކުރުން
- ކައުންސިލުން ނިއްމާގޮތުގެ މަތީން ، ވިޔަފާރި އުސޫލުން ދޫކުރާ ބިންތަށް ޕްލޭންގައި ހިމެނުމާއި ، އެ އަހަރު ދޫކުރުމަށް ކައުންސިލުން ނިއްމާފައިވާ ބިންތަކުގެ ބަޖެޓް ހަދައި މިނިސްޓްރީ އޮފް ހައުސިންގް އަށް ފޮނުވުމާއި ، މިނިސްޓްރީން ހުއްދަ ދޭ ބިންތައް ދޫކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ، ދޫކުރުމަށް ނިއްމާ ބިންތައް ސުޕަވައިޒަރުގެ މަޝްވަރާގެ މަތީން އެގްރީމެންޓް ތައްޔާރުކޮށް ސޮއިކޮށް ބިންތައް ދޫކުރުމާއި ، ދޫކުރެވޭ ބިންތަކުގައި ކުރެވެނީ އެގްރީމެންޓް އިން ހުއްދަކޮއްފައިވާ މަސައްކަތްތައް ކަން ޔަގީންކުރުމަށް ކޮންމެ މަހަކު ޗެކްކުރުމާއި ، މި މަސައްކަތްތަކުގައި ފުރިހަމައަށް ޒިންމާވުން
- ރަށުގައިހުރި އިމްޕޯޓް މުދާ ވިއްކާ ފިހާރަތަކުގައި ވިއްކާތަކެތިހުންނަނީ ގަވާއިދާ އެއްގޮތަށް އަގުޖަހާފާތޯ ބެލުމާއި ދައުލަތުން އަގުކޮށް ކޮންޓްރޯލްކޮށްފައިވާ ތަކެތި ވިއްކަނީ ރަށުގައި އެތަކެތި ވިއްކަންޖެހޭ އަގަށްތޯބަލާ ކަށަވަރުކުރުމާއި ގަވާއިދާ ހިލާފަށް
- އިސްރައްވެހިންގެ މަރުކަޒު ހިންގުމާއި އިސްރައްވެހިންނާގުޅޭ އެންމެހާ ކަންކަމުގައި ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރުން
- އިބަމައިގެ އެންމެހާ އިދާރީ މަސައްކަތްކުރުން
- ނާޒުކު ހާލަތުގައިދިރިއުޅޭ ފަރާތްތަކާގުޅޭ އެންމެހާ ކަންކަން ކުރުން
- ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓާ ކުދިންނާ ބެހޭ ކަންކަން ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރުން
- ރަށުގައިހުރި އިމްޕޯޓް މުދާ ވިއްކާ ފިހާރަތަކުގައި ވިއްކާތަކެތިހުންނަނީ ގަވާއިދާ އެއްގޮތަށް އަގުޖަހާފާތޯ ބެލުމާއި ދައުލަތުން އަގުކޮށް ކޮންޓްރޯލްކޮށްފައިވާ ތަކެތި ވިއްކަނީ ރަށުގައި އެތަކެތި ވިއްކަންޖެހޭ އަގަށްތޯބަލާ ކަށަވަރުކުރުމާއި ގަވާއިދާ ހިލާފަށް
- ކަންކަންކުރިނަމަ އެކަމެއް ގަވާއިދާ އެއްގޮތަށް ރަގަޅު ކުރުމަށް އެންގުމާއި ކަމާބެހޭ މައުލޫމާތު ކައުންސިލާހިއްސާކުރުން މިމަސައްކަތްތައް 3 މަހުން އެއްމަހު ކުރަމުންގެންދިއުން މިކަމަށް ފުރިހަމައަށް ޒިއްމާވުން
- ކައުންސިލް އިދާރާއަށް ލިބިފައިވާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތްތައް ބަލާ ދެނެގަނެ ،ބިޒްނަސް ޕްލޭން ކޮންމެ އަހަރަކުވެސް އެކުލަވާލުމާއި، ކައުންސިލްގެ ބަޖެޓް ހެދުމުގެ ކުރިން މަސައްކަތްތައް ކޮށް ނިންމާ ކައުންސިލްގެ ބަޖެޓް ހަދާ މުވައްޒަފަށް ކަމާއި ބެހޭ ލިޔުންތައް ހަވާލުކުރުން މިކަމުގައި ފުރިހަމައަށް ޒިންމާވުން
- ކައުންސިލްގެ އިދާރާއަށް އާމްދަނީ އިތުރުކުރުމަށްޓަކައި، ބޭނުންވާ ވަޞީލަތްތައް ހޯދުމަށް ކައުންސިލް އިން ނިއްމާފައިވާ ނިއްމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކައުންސިލުން ނިއްމާގޮތަށް އެކަން ކަންރާވާހިންގުން މިކަމުގައި ފުރިހަމައަށް ޒިއްމާވުން
- ރަށުގެ އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި ކަމާގުޅޭގޮތުން ހިންގަންޖެހޭ ހަރަކާތްތައް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ އެއްބާރުލުން ހޯދައިގެން ކުރިއަށް ގެންދިޔުން.
- ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށް، ބޭނުންވާ ކަންކަން ތަރައްޤީޕްލޭން ތަކުގައާއި، އަހަރީ މަސައްކަތުތާވަލުގައި ހިމެނުމަށްޓަކައި ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް ، ކަމާބެހޭ މުވައްޒަފުންނަށް ވަގުތު ފާއިތުވުމުގެ ކުރިން ފޯރުކޮށްދިނުން މިކަމުގައި ފުރިހަމައަށް ޒިއްމާވުން.
- ސަރުކާރުންނާއި ، އެހެނިހެން ފަރާތްތަކުން ރަށުފެންވަރުގައި ހިންގާ އިޤްތިޞާދީ ޙަރަކާތްތައް ވިލަރެސްކޮށް އެހީތެރިކަން ފޯރުކޮށް ދިނުމާއެކު ކަމާގުޅޭ މައުލޫމާތު ކައުންސިލާ ހިއްސާކުރުން.
- ކައުންސިލުން އެކަށައަޅާ އިޤްތިޞާދީ ސިޔާސަތުތައް ހަރުދަނާ ކުރުމަށާއި އެދެވޭ ރަނގަޅު ނަތީޖާ ނެރުމައްޓަކައި ޢިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކޮށް ނިންމުން.
- ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތް ދިނުމަށާއި އާމްދަނީ ހޯދުމުގެ ފުރުޞަތު އިތުރު ކުރުމަށާއި އަދި އިޤުތިޞާދީ އަދި އިޖުތިމާޢީ ގޮތުން ކުރިއެރުން ހޯދުމުގެ ބޭނުމުގައި އަމިއްލަ ޖަމާޢަތްތަކާއި ކުންފުނި ނުވަތަ ކޯޕަރޭޓިވްތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމާއި އެގޮތުން ކުރާމަސައްކަތްތައް ބަލާ މޮނިޓަރކުރުން
- ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށް، ބޭނުންވާ ކަންކަން ތަރައްޤީޕްލޭން ތަކުގައާއި، އަހަރީ މަސައްކަތުތާވަލުގައި ހިމެނުމަށްޓަކައި ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް ، ކަމާބެހޭ މުވައްޒަފުންނަށް ވަގުތު ފާއިތުވުމުގެ ކުރިން ފޯރުކޮށްދިނުން މިކަމުގައި ފުރިހަމައަށް ޒިއްމާވުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނަރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
- އިދާރާގައި ކުރަންޖެހޭ މސައްކަތް ވެރިންގެ މަޝްވަރާއާއި އެއްގޮތައް ކުރުމާއި، އެކަމެއް ނިމެންދެން އެކަމެއްގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމާއި، ކުރާމަސައްކަތުގެ ފުރިހަމަ ޒިންމާ އެފުލުން ކުރާމަސައްކަތް ނިމުމުންއެލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލިމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލިމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
|
|
ތަޢުލީމީރޮނގުތައް: https://www.csc.gov.mv/PostStructure/Index/36
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
- އެޑްމިނިސްޓްރޭޝަން
- · މެނޭޖްމަންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
އަސާސީ ޝަރުތު ހަމަވުން
|
30
|
އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ވެދޭ ޕޮއިންޓު
|
5
|
އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
|
20
|
އިންޓަރވިއު
|
35
|
ވަޒިފާއަށް އައްޔަންކުރެވޭނީ، ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 ފެށިގެން މަތިން ހޯދާފައިވާނަމައެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖުލައި 07 ގެ 12.00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓު: އީމެއިލް މެދުވެރިކޮށް ފޮނުވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިޔުމަންޓެއް އެއް ފައިލަކަށް ފީ.ޑީ.އެފް ކުރުމަށްފަހު ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް) އާއި އިންޓަވިއު އޮންނާނީ،2025 ޖުލައި 10 އާއި 2025 ޖުލައި 24 އާއި ދެމެދު ދ.ކުޑަހުވަދޫ ކައުންސިލް އިދާރާގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6760522 / 6761002 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|
05 މުޙައްރަމް 1447
30 ޖޫން 2025
|