ދިވެހިރާއްޖެ
ޕަބްލިކް ސަރވިސް މީޑިއާ
މާލެ، ދިވެހިރާއްޖެ
ޕީއެސްއެމްގެ ގިނަދުވަސްވެ ހަލާކުވެފައިވާ ފަރުނީޗަރތައް ނީލަން ކިޔުން
މި ކުންފުނީގައި މަރާމާތު ނުކުރެވޭވަރަށް ހަލާކުވެފައިވާ ފަރުނީޗަރތައް ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. އަދި ނީލަން ކިޔުމުގެ ކުރިން މި ތަކެތި ބައްލަވާލެއްވުމުގެ ފުރުޞަތު، 02 ޖުލައި 2025 ވާ ބުދަ ދުވަހުގެ 11:30 ގައި ކުންފުނީގެ ރޭޑިޔޯ ބިލްޑިންގ އަށް ވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި ނީލަން އަގު ހުށަހެޅޭނީ ތަކެތި ބައްލަވާލެއްވުމަށް ބައިވެރިވެ ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ނީލަން ކިޔުން އޮންނާނީ 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:30 ގައި ރޭޑިއޯ ބިލްޑިންގ ގައެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތުން، ނީލަން ކިޔާ ދުވަހު ފައިސާ ދައްކަވައި، 05 ޖުލައި 2025 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ކުރިން ތަކެތި ގެންދަވައި ހުސްކުރައްވަންވާނެއެވެ.