ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންޓަރން (އެޑްމިން)

މަޤާމް :އިންޓަރން (އެޑްމިން)
ބޭނުންވާ އަދަދު :1

މަޤާމު:

އިންޓަރން (އެޑްމިން)

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ޕޮލިސީ އެންޑް ކޮލިޓީ ކޮންޓްރޯލް ޔުނިޓް

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (06 މަސް ދުވަސް)

އުޖޫރަ:

ގަޑިއަކަށް 60 ރުފިޔާގެ ރޭޓުން

މަސައްކަތުގެ ވަގުތު

  • 2 - 4 ގަޑިއިރު (ހެނދުނު 08:00 އާއި މެންދުރު ފަހު 02:00 އާ ދެމެދު)

މަގާމުގެ ޝަރުތު:

  • 'މަތީ ސާނަވީ' (އޭލެވެލް) އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

1. އެކްރެޑިޓޭޝަން އެންޑް ކޮމްޕްލައިންސް ސަޕޯޓް

  • ކުރިއަށް އޮތް IQRގެ މީޑް ސައިކަލް ރިވިއު އަށް ބޭނުންވާ ލިޔެކިޔުންތަކާއި ހެކިތައް އެކުލަވާލުމުގައި އެހީތެރިވުން.
  • ޔުނިވަރސިޓީގައި މިހާރު ކުރިއަށްދާ ކޮމްޕްލައަންސް އޮޑިޓްގެ ލިޔެކިއުންތައް އޮގަނައިޒްކުރުން.

2. ސަސްޓެއިނަބިލިޓީ ޑޭޓާ އެއްތަންކުރުން

  • ޔުނިވަރސިޓީގެ ވެބްސައިޓުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ މަސައްކަތްތައް ލިޔެކިޔުމާއި ޝާއިޢުކުރުމަށް އެހީތެރިވުން.
  • ޔުނިވަރސިޓީގައި ސަސްޓެއިނަބިލިޓީއާ ގުޅުންހުރި މެޓްރިކްސް ޓްރެކްކުރުމުގައި އެހީތެރިވުން.
  • ސަސްޓެއިނަބިލިޓީއާ ގުޅޭ ގޮތުން އެކި ޑިޕާޓްމަންޓްތަކުން ލިބޭ ޑޭޓާ އެއްތަންކޮށް ފޯރމެޓްކޮށް ރެކޯޑް ބެލެހެއްޓުން.

3. އާންމު އިދާރީ އެހީތެރިކަން

  • މި ޔުނިޓުން ބާއްވާ ބައްދަލުވުންތައް އިންތިޒާމުކުރުމުގައި އަދި ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  • މިޔުނިޓުން ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

07 ޖުލައި 2025 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2024-98

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލާއެކު)
  • ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

ސަމާލުކަމަށް:

  • މި އިއުލާނަށް އިޖާބަދެއްވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް އިސްކަންދެވޭނެކަމުގައި ދަންނަވަމެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
30 ޖޫން 2025
ހޯދާ