ދިވެހިރާއްޖެ
(IUL)276/276/2025/61ނަމްބަރ:
އިޢުލާން
ށ. ބިލެތްފަހީ ކައުންސިލް އިދާރާއަށް 1000 މީޓަރ 2 ކޯރ( އަންޑަރ ގްރައުންޑް ) ކަރަންޓް ކޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ.
މި އިދާރާއިން 2025 މޭ 05 ދުވަހު ކުރެވުނު ނަންބަރު:(IUL)276/276/2025/46 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އަލަށް އާބާދުވާ ސަރަޙައްދުތަކުގައި ޖަހާ މަގުމަތީ ބައްތިތަކަށް ކަރަންޓްލުމަށް 1000 މީޓަރ 2 ކޯރ ( އަންޑަރ ގްރައުންޑް ) ކަރަންޓް ކޭބަލް ގެނެސްދޭނެ ފަރާތެއް ހޯދުމަށް އަލުން ބީލަމަށް ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 30 ޖޫން 2025 އިން 04 ޖުލައި 2025 ގެ 12:00 އާއި ދެމެދު އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ލިންކް: https://forms.gle/i4iqg1vt3qSKdxer9
މަޢުލޫމާތު ސާފުކުރުން
ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 06 ޖުލައި 2025 ވާ ( އާދިއްތަ ) ދުވަހުގެ 13:00 ގައި، ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 09 ޖުލައި 2025 ވާ ( ބުދަ ) ދުވަހުގެ 14:00 ގެ ކުރިން [email protected] އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540047 ނުވަތަ 7904032 ނަމްބަރާއެވެ.
އަންދާސީ ހިސާބު ހުށަހެޅުން
ބީލަން ހުޅުވުން އޮންނާނީ 15 ޖުލައި 2025 ވާ ( އަންގާރަ ) ދުވަހުގެ 10:00 ގައި ބިލެތްފަހީ ކައުންސިލް އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަން ތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަންވެސް ބަލައިގަންނަގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ ޤާނޫނު ނަންބަރު 96/10" ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު"، ޤާނޫނު ނަންބަރު 2007/3" ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު"، ޤާނޫނު ނަންބަރު 2011/13 "ޕާޓްނަރޝިޕްގެ ޤާނޫނު"، ޤާނޫނު ނަންބަރު 2013/6" ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު"، ޤާނޫނު ނަމްބަރު 2014/18" ވިޔަފާރި ރަޖިސްޓަ ރީ ކުރުމުގެ ޤާނޫނު" އަދި ޤާނޫނު ނަމްބަރު 2014/19" އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާން ކުރީމެވެ.
05 މުޙައްރަމް 1447
30 ޖޫން 2025