ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ކާމިޔާބު ކުރި ފަރާތް ޢާންމުކުރުން

ގޯތި ދޫކުރަން ހަމަޖެހިފައިވާ ސަރަހައްދުގެ މަގުތަކާއި ގޯޅިތަކަށް އަރާ ރުއްގަސް ނަގައި ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 269/269/2025/34 (IUL)(01 ޖޫން 2025) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ބީލަންތައް އިވެލުއޭޓްކުރެވި ބީލަން ކާމިޔާބު ކުރެއްވި ފަރާތުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

މަސައްކަތް:

ހދ. ވައިކަރަދޫ އިން ގޯތި ދޫކުރަން ހަމަޖެހިފައިވާ ސަރަހައްދުގެ މަގުތަކާއި ގޯޅިތަކަށް އަރާ ރުއްގަސް ނަގައި ބިން ސާފުކުރުން.

އިޢުލާން ނަންބަރު:

269/269/2025/34 (IUL)

ބީލަން ހުށަހެޅި/ހުޅުވި ތާރީޚް:

17 ޖޫން 2025

ބީލަން ކާމިޔާބު ކުރި ފަރާތް:

ސާސް އީ ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑް (C-0249/2013)

ބީލަމުގެ ޖުމްލަ އަގު:

ނަގައިގެން ގެންދާ ކޮންމެ ރުކަކަށް -/567ރ (ފަސްސަތޭކަ ފަސްދޮޅަސްހަތް ރުފިޔާ) ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާއަށް ދައްކާގޮތަށް.

ބީލަމުގެ މުއްދަތު:

37 ދުވަސް

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޖޫން 2025
ހޯދާ