ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. މަކުނުދޫއިން ތެޔޮ ގުދަންކޮށް ވިއްކުމަށް އިމާރާތް ކުއްޔަށް ދޫކުރުމާ ގުޅޭ (އިސްލާޙް ކުރެވިފައި)

ހދ. މަކުނުދޫއިން ތެޔޮ ގުދަންކޮށް ވިއްކުމަށް އިމާރާތް ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާން  (IUL)270/270/2025/49  ނަންބަރ އިސްލާޙް ކުރުމަށްފަހު އަލުން އިޢުލާން ކޮށްލަމެވެ. ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ކުރީ ނަންބަރ އިޢުލާނަށް ރަޖިސްޓްރީ ކޮށޤފައިވާ ފަރާތްތައް އަލުން ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެއެވެ. މި ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު 31 ޖުލައި 2025 ގެ 09:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. 

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:  https://bit.ly/3St1NgY

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 5 އޮގަސްޓް 2025 ގެ 11:00  ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.

މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • ޕްރޮކިއުމަންޓް ޔުނިޓް
  • މަކުނުދޫ ކައުންސިލް އިދާރާ
  • ހދ. މަކުނުދޫ
  • ފޯން: 9797796 / 7789355
  • އީމެއިލް: [email protected]

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޖޫން 2025
ހޯދާ