ދިވެހިރާއްޖެ
އެސްޓީއޯގެ ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން
އެސްޓީއޯގެ ކުރީގެ ހޯމް އިމްޕްރޫވްމަންޓް ގުދަނުގައި ހުރި ބޭނުންކޮށްފައިވާ ދަގަނޑު ހަރުތަކެއް ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވެއެވެ .ވީމާ މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުން |
ކުރީގެ ހޯމް އިމްޕުރޫވްމަންޓް |
06 ޖުލައި 2025/ގަޑި،10:00 |
އަގުހުށަހެޅުން |
އެސްޓީއޯ ޓުރޭޑްސެންޓަރ،4 ވަނަ ފަންގިފިލާ |
07 ޖުލައި 2025/ގަޑި،10:00 |
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން ބިލް ހަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަވަން ވާނެއެވެ. ފައިސާ ދެއްކުމަށް ފަހު ތަކެތި ބަލައި ގަތުމަށް ވެރިފަރާރުން 3 ދުވަހުގެ ތެރޭގައި ދުރުވަން ވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވާ ކަމުގައި ދަންނަވަމެވެ. އަދި މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރު:9782171