އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީ މަރަދޫ އަވަށުން ގޯއްޗަށް އެދި ހުށަހެޅިފައިވާ ފޯމުތައް އިވެލުއޭޓް ކުރުމަށް އެކުލަވާލެވޭ ކޮމިޓީގައި މަރަދޫ އަވަށުގެ ރައްޔިތުން ތަމްސީލުކުރާ މެންބަރަކު ހޯދުމަށް

އިޢުލާން

        އައްޑޫ ސިޓީ މަރަދޫ އަވަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2025/277 އިޢުލާނާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައެވެ. ގޯތި ދޫކުރުމަށް ކަނޑައަޅައި އާއްމުކުރެވުނު އުސޫލުގެ 4 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރުގައިވާ ގޮތުން ގޯއްޗަށް އެދި މަރަދޫ އަވަށު އޮފީހަށް ހުށަހެޅޭ ފޯމުތައް އިވެލުއޭޓް ކުރާނީ އެކި ދާއިރާތަކުން ބޭފުޅުން ހިމެނޭހެން އައްޔަންކުރެވޭ މިނިވަން މުސްތަޤިއްލު ކޮމިޓީއަކުންނެވެ. އަދި އެކޮމިޓީއަށް މަރަދޫ އަވަށު ރައްޔިތުން ތަމްސީލުކުރާ މަރަދޫއަށް ނިސްބަތްވާ މެންބަރަކުވެސް އައްޔަން ކުރަންޖެހެއެވެ. ކޮމިޓީއަށް މަރަދޫ އަވަށުގެ ރައްޔިތުން ތަމްސީލުކުރުމަށް ކުރިމަތިލައްވާ ފަރާތަކީ މަރަދޫ އަވަށުން ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތެއްކަމުގައި ވެގެންނުވާނެއެވެ.

        ވީމާ، މަތީގައި ދެންނެވުނު އިޢުލާނާ ގުޅިގެން އައްޑޫ ސިޓީ މަރަދޫ އަވަށު އޮފީހަށް ގޯއްޗަށް އެދި ހުށަހެޅިފައިވާ ފޯމުތައް އިވެލުއޭޓް ކުރުމަށް އެކުލަވާލެވޭ ކޮމިޓީގައި މަރަދޫ އަވަށުގެ ރައްޔިތުން ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ އަދި އެމަސައްކަތަށް ވަގުތު ދެއްވޭނެ ބޭފުޅުން އެބޭފުޅެއްގެ ވަނަވަރާ އެކު 2025 ޖުލައި 3 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ގެ ކުރިން  މަރަދޫ އަވަށު އޮފީހަށް ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

        މަރަދޫ އަވަށު އޮފީސް [email protected]

05 މުޙައްރަމް 1447

30 ޖޫން 2025

30 ޖޫން 2025
ހޯދާ