ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކަށް އިތުރުކުރެވޭ ބިމާއި މަގުގައިހުރި ރުއްގަހުގެ ލިސްޓަށް ޝަކުވާ ހުށަހެޅުން

ރަށުގެ ކުޑަކުދިންގެ ޕާކުގެ އުތުރުފަރާތުން އިތުރުކުރެވުނުބިމާއި ޕާކުގެ ހުޅަނގު އަދި އުތުރުފަރާތުގައި އިންވެގެންވާ މަގުގައި ފެހިކުލައިން ނަންބަރުޖެހިފައިހުރި ރުއްގަހުގެ ވެރިން ހޯދުމަށް މިއިދާރާއިން ކުރެވުނު އިޢުލާނާއި ގުޅިގެން ރުއްގަހުގެ މައުލޫމާތު މިއިދާރާއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓް މިއިޢުލާނާއިއެކު އާއްމުކުރީމެވެ. ވީމާ، މިލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ 6 ޖުލައި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން [ރުއްގަހުގެ ލިސްޓަށް ޝަކުވާހުށަހަޅާ ފޯމު] މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

30 ޖޫން 2025
ހޯދާ