ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ ކުނިމެނޭޖުކުރާ މަރުކަޒު ހިންގާ ބެލެހެއްޓުން އައުޓްސޯސްކުރުން

އިޢުލާނު

ކޮޅުމަޑުލު ތިމަރަފުށީ ކުނިމެނޭޖުކުރާ މަރުކަޒު ހިންގާ ބެލެހެއްޓުން އައުޓްސޯސްކުރުން

ތިމަރަފުށީ ކުނި މެނޭޖްކުރުމުގެ ޚިދުމަތް 1 އަހަރު ދުވަހަށް އައުޓްސޯސްކުރުމަށް ކުރިން ދެވިފައިވާ ކްރައިޓީރިއާ އަލުން އިސްލާހުކުރުމަށްފަހު،  (IUL)391/391/2025/44 (10 އޭޕްރީލް 2025) ގެ އިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަކީ ކުނި މެނޭޖްކުރުމުގެ އޮޕަރޭޝަންތަކުގެ ޤާބިލުކަމާއި ތަޖުރިބާ ލިބިފައިވާ މުޖުތަމަޢުގެ ތެރޭގައި ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށާއި ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ މަސައްކަތެކެވެ.

ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

 

 ޕްރީބިޑް މީޓިން 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން މެއިލް ކުރެއްވުން އެދެމެވެ.  އީމެއިލް އެޑްރެހަކީ [email protected]

ބިޑް ހުށަހެޅުން 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 08 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އެހެނިހެން ކަންކަން؛ 

 

 

 

  •  ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. 
  • ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014)ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
  • މި ބިޑާއި ގުޅޭ އެންމެހާ ލިޔެކިޔުން، މައުލޫމާތު ޝީޓް މި އިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.  
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.
     

އިތުރު މަޢުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780674 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29 ޖޫން 2025
ހޯދާ