ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ގދ އަތޮޅު ކައުންސިލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުން

ނަންބަރު: (IUL)242-AD/242/2025/14

އިޢުލާން


2025 ވަނަ އަހަރުގެ ގދ އަތޮޅު ކައުންސިލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުން

ގދ އަތޮޅު ކައުންސިލް ޤުރްއާން މުބާރަތް 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ގދ އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލް މަދަރުސާ، ޤުރްއާން ކިލާސްތަކަށާއި އަދި ކްލަބް ޖަމްޢިއްޔާތަކަށާއި އަދި އަތޮޅު ގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 އޮގަސްޓް 2025ގައި ތިނަދޫ ސިޓީގައެވެ. 

މުބާރާތުގައި ރަޖިސްޓްރީ ވުން

- މި މުބާރާތުގައި ރަޖިސްޓްރީވުމަށް ހުށަހަޅާނީ ތިރީގައިވާ ގޫގުލް ފޯމް ލިންކު މެދުވެރިކޮށެވެ.

https://docs.google.com/forms/d/e/1FAIpQLScwyvOedaehFFI9Rsq7gDrHuvI4YRdwRVhUgfUZkfMbBdsKXA/viewform?usp=dialog

-  ސްކޫލް މަދަރުސާތަކުގެ ރަޖިސްޓްރޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 20 ޖުލައި 2025ގެ ރަސްމީ ގަޑި ނިމުމުގެ ކުރިންނެވެ.

-  ޤުރްއާން ކިލާސްތަކާއި، ކްލަބް ޖަމްޢިއްޔާ އަދި އަމިއްލަގޮތުން ބައިވެރިވާ ފަރާތްތަކުގެ ރަޖިސްޓްރޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 23 ޖުލައި 2025ގެ ރަސްމީ ގަޑި ނިމުމުގެ ކުރިންނެއެވެ.

ޤުރްއާން މުބާރާތުގެ ގަވާއިދު މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6841032 އަށް ގުޅުއްވުން އެދެމެވެ. ވީމާ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

 

29 ޖޫން 2025
ހޯދާ