ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސަރވިސަސް އިމާރާތުގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 29 ޖޫން 2025 ވާ އާދިއްތަ ދުވަހުން ފެށިގެން 8 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މިއިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް މީޓީން ބޭއްވުމަށް ހަމަޖެހިފައިވަނީ 9 ޖުލައި 2025 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގައި އޮރެންޖް ހިޔާ ބިލްޑިންގ ގްރައުންޑް ފްލޯރ (ހުޅުމާލެ ފޭސް-1)ގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 13 ޖުލައި 2025 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
4 މުޙައްރަމު 1447ހ.