ދިވެހިރާއްޖެ
ގަވާއިދު ނަންބަރު: 2016/R-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) ގެ 3 ވަނަ މާއްދާގެ ދަށުން، ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު ނަންބަރު: (IUL)88-PS/88/2024/37 (30 މޭ 2024) އިޢުލާނަށް ހަތްވަނައިސްލާޙު ގެނައީމެވެ.
ހަތްވަނަ އިސްލާޙު:
އިސްވެ ދެންނެވުނު އިޢުލާންގެ ދަށުން ޝާއިޢުކުރެވިފައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް އަންނަނިވި ރަށްރަށާއި ފަޅު އަދި ފަޅުގެ ސަރަޙައްދުތައް އިތުރުކޮށްފައިވާކަން އިޢުލާންކުރީމެވެ.
# |
ފީޗަރ ކޯޑް |
އަތޮޅު |
ނަން |
ބޮޑުމިން (ހެކްޓަރުން) |
1 |
RF0167 |
ހއ |
މަތިފަރު |
312 |
2 |
LD0801 |
ހއ |
ގޮއްވާފުށި |
1.6 |
3 |
RF0138 |
ހދ |
އަދާރަން ފަރު (ޕްލޮޓް 1) 72°52'30.01"E 6°35'13.39"N |
200
|
4 |
RF0138 |
ހދ |
އަދާރަން ފަރު (ޕްލޮޓް 2) 72°52'40.62"E 6°34'29.59"N |
200 |
5 |
RF0138 |
ހދ |
އަދާރަން ފަރު (ޕްލޮޓް 3) 72°53'23.40"E 6°34'20.74"N |
200 |
6 |
RF0141 |
ހދ |
މިލާ ފަރު (ޕްލޮޓް 1) 72°53'31.52"E 6°38'13.42"N |
200 |
7 |
RF0141 |
ހދ |
މިލާ ފަރު (ޕްލޮޓް 2) 72°53'24.15"E 6°37'38.59"N |
200 |
8 |
LD0351 |
ތ |
ފެންމީރުފުށި |
1.70 |
LD1035 |
އޮޅުދިޔަފުށި |
0.83 |
||
9 |
LD1123 |
ތ |
ކަނިމީދޫ |
67.86 |
10 |
LD0471 |
ތ |
ފުށި |
5.10 |
LD0759 |
ކަނި (ފުށިއާއި އެކު) |
0.52 |
||
LD0460 |
ވަންބަދި (ފުށިއާއި އެކު) |
5.90 |
||
11 |
LD1048 |
ލ |
މާވެށި |
2.86 |
LD0634 |
ތަތުންރަހާ (މާވެށިއާއި އެކު) |
0.43 |
މި އިސްލާޙާއެކު އިޢުލާން ނަންބަރު: (IUL)88-PS/88/2024/37 (30 މޭ 2024) އާއި އެ އިޢުލާންގެ ދަށުން ގެނެވިފައިވާ އިސްލާޙުތަކުން ތިލަދުންމަތީ އުތުރުބުރި (ހއ)، ތިލަދުންމަތީ ދެކުނުބުރި (ހދ)، މިލަދުންމަޑުލު އުތުރުބުރި (ށ)، ކޮޅުމަޑުލު (ތ) އަދި ހައްދުންމަތި (ލ) އަތޮޅުން އިޢުލާން ކުރެވިފައިވާ ރަށްރަށާއި ފަޅުތަކަށް ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުން އަލުން ފެށިފައިވާ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.