ދިވެހިރާއްޖެ
މި ވުޒާރާގެ އިޢުލާން ނަންބަރު (IUL)88-PS/88/2024/35 (30 މޭ 2024) އާ ޙަވާލާދީ ދަންނަވަމެވެ.
ގަވާއިދު ނަންބަރު: 2016/R-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) ގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ޙަވާލާދީފައިވާ އިޢުލާނުގައި ޝާޢިއުކުރެވިފައިވާ ތިލަދުންމަތީ އުތުރުބުރި (ހއ)، ތިލަދުންމަތީ ދެކުނުބުރި (ހދ)، މިލަދުންމަޑުލު އުތުރުބުރި (ށ)، ކޮޅުމަޑުލު (ތ)، ހައްދުންމަތި (ލ) އަދި އައްޑޫ ސިޓީގެ ރަށް އަދި ފަޅު ކުއްޔަށް ދިނުމަށް ކަނޑައެޅިފައިވާ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރުމަށް ކަނޑައަޅާފައިވާ ރޭޓްތައް އިސްލާޙުކުރުމަށްފަހު އާންމުކޮށް އިޢުލާންކުރަމެވެ.
ބަދަލު ގެނެވިފައިވާ ކޮންސެޝަން ރޭޓްތަކަކީ ހަމައެކަނި ހއ، ހދ، ށ، ތ، ލ އަދި އައްޑޫ ސިޓީގެ ރަށްރަށާއި ފަޅުތަކަށް ހާއްސަ ރޭޓުތަކެކެވެ. އަދި މި ލުއިތައް ދެމިއޮންނާނީ މި އިއުލާން ޝާއިޢުކުރާ ދުވަހުން ފެށިގެން ދެ (2) އަހަރުގެ މުއްދަތަށެވެ.