ދިވެހިރާއްޖެ
މި ވުޒާރާގެ އިޢުލާން ނަންބަރު (IUL)88-PS/88/2022/76 (19 ސެޕްޓެންބަރު 2022) އާ ޙަވާލާދީ ދަންނަވަމެވެ.
ގަވާއިދު ނަންބަރު: 2022/R-125 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) ގެ ދަށުން، ޙަވާލާދީފައިވާ އިޢުލާނުގައި ޝާޢިއުކުރެވިފައިވާ ތިލަދުންމަތީ އުތުރުބުރި (ހއ)، ތިލަދުންމަތީ ދެކުނުބުރި (ހދ)، މިލަދުންމަޑުލު އުތުރުބުރި (ށ)، ކޮޅުމަޑުލު (ތ)، ހައްދުންމަތި (ލ) އަދި އައްޑޫ ސިޓީގެ ރަށް އަދި ފަޅު ކުއްޔަށް ދިނުމަށް ކަނޑައެޅިފައިވާ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރުމަށް ކަނޑައަޅާފައިވާ ރޭޓްތައް އިސްލާޙުކުރުމަށް ފަހު އާންމުކޮށް އިޢުލާންކުރަމެވެ.
ބަދަލު ގެނެވިފައިވާ ކޮންސެޝަން ރޭޓްތަކަކީ ހަމައެކަނި ހއ، ހދ، ށ، ތ، ލ އަދި އައްޑޫ ސިޓީގެ ރަށްރަށާއި ފަޅުތަކަށް ހާއްސަ ރޭޓުތަކެކެވެ. އަދި މި ލުއިތައް ދެމިއޮންނާނީ މި އިއުލާނު ޝާއިޢުކުރާ ދުވަހުން ފެށިގެން ދެ (2) އަހަރުގެ މުއްދަތަށެވެ.