ދިވެހިރާއްޖެ
ފަތުރުވެރިކަން މިހާތަނަށް ތަރައްޤީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ތިލަދުންމަތި އުތުރުބުރި (ހއ)، ތިލަދުންމަތި ދެކުނުބުރި (ހދ)، މިލަދުންމަޑުލު އުތުރުބުރި (ށ)، ކޮޅުމަޑުލު (ތ)، ހައްދުންމަތި (ލ) އަދި އައްޑޫ ސިޓީ (ސ)،ގައި ފަތުރުވެރިކަން ފުޅާކޮށް އިންވެސްޓްމަންޓް އިތުރުކުރުމަށް އެ ސަރަޙައްދުތަކުގައި ރިޒޯޓު ތަރައްޤީކޮށް އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 24 (ސައުވީސް) މަސް ދުވަހުގެ މުއްދަތަށް ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.
- ޢާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ގަވާއިދު ނަންބަރު 2016/R-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށްދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) އަދި ގަވާއިދު ނަންބަރު 2022/R-125 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދު) ގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނަށް އަންނަނިވި ލުއިތައް ދިނުމަށް ވަނީ ނިންމާފައެވެ.
- ލީސް އެކުއިޒިޝަން ފީ ހިސާބުކުރުމުގެ ރޭޓު ކުޑަކުރުން.
- ކުއްޔަށް ދޫކުރާ ތަންތަން ތަރައްޤީކުރުމަށް ދެވޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްޤީކޮށް ހުޅުވުމުން، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުން.
- ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފް ކުރެވޭ އިންސައްތަ، އަށް އިތުރުކުރުމާއި ކުއްޔަށް ދޫކުރާ ތަންތަން ތަރައްޤީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް ޑިއުޓީ މައާފް ކެޓެގަރީއަށް އިތުރުކުރުން.
- ޢާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) ކުއްޔަށް ދޫކުރާ ތަންތަނަށް އަންނަނިވި ލުއި ދިނުމަށް ވަނީ ނިންމާފައެވެ.
- ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކުން. ރިޒޯޓު ތަރައްގީ ކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން 5 ވަނަ އަދި 6 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި ދައްކާގޮތަށް ހަމަޖެއްސުން.
- އަދި ޢާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) ޙަލާލު ޓޫރިޒަމް ތަރައްޤީކުރުމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް އަންނަނިވިލުއިތައް ދިނުމަށް ވަނީ ނިންމާފައެވެ.
- ލީސް އެކުޒިޝަން ކޮސްޓްއިން އިތުރު %20 ދަށްކުރުން.
- ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކުން. ރިޒޯޓު ތަރައްގީ ކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން 5 ވަނަ އަދި 6 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި ދައްކާގޮތަށް ހަމަޖެއްސުން.
3. ރިޒޯޓް ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު (ގްރޭސް ޕީރިއަޑް) ގެ ކުރިން ރަށް ނުވަތަ ފަޅު އޮޕަރޭޓްކުރާ ހާލަތުގައި، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މައާފްކޮށްދިނުން.
ގަވާއިދު ނަންބަރު 2016/R-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށްދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ގަވާއިދު) އަދި ނަންބަރު 2022/R-125 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދު) ގެ ދަށުންތިލަދުންމަތި އުތުރުބުރި (ހއ)، ތިލަދުންމަތި ދެކުނުބުރި (ހދ)، މިލަދުންމަޑުލު އުތުރުބުރި (ށ)، ކޮޅުމަޑުލު (ތ)، ހައްދުންމަތި (ލ) އަދި އައްޑޫ ސިޓީ (ސ)، ގެ ބަދަލު ގެނެވިފައިވާ ލީސް އެކުއިޒިޝަން ރޭޓްތައް މި ވުޒާރާއިން ޢާންމުކޮށް އިޢުލާނުކޮށްފައިވާނެއެވެ.