ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރި ކުރުމަށް ހއ.ތުރާކުނު ބަނދަރު ސަރަޙައްދުން ބިން ކުއްޔަށް ހިފުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

       ހއ.ތުރާކުނު ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ތެލުގެ ވިޔަފާރި ކުރުމަށް ހއ.ތުރާކުނު ބަނދަރު ސަރަޙައްދުން 2000 އަކަފޫޓުގެ ބިން ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

       މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން،  ގެޒެޓްކުރެވިފައިވާ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުމަށްފަހު، ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމާއި ކުންފުނީ/ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ 09 ޖުލައި 2025 ވާ ބުދަ ދުވަހުގެ 13:00 ގެ  ކުރިން [email protected] އަށް، އީމެއިލް ކުރެއްވުން އެދެމެވެ. އަދި ބީލަމުގައި ރެޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. ބީލަމުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް މި މަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބީލަމާއިގުޅޭ ލިޔެކިޔުންތައް އީމެއިލް ކުރެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމަތު އީމެއިލް ކުރެއްވުން އެދެމެވެ.

       އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 ޖުލައި 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ހއ.ތުރާކުނު ކައުންސިލްގެ އިދާރާގައެވެ.

       މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

       އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.   ނުވަތަ މިއިދާރާގެ ނަމްބަރު 6500035، 6500107 ފޯނަށް ގުޅުއްވުން އެދެމެވެ.

       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

 

29 ޖޫން 2025
ހޯދާ