ދިވެހިރާއްޖެ
މިއިދާރާގެ ނަމްބަރު (IUL)330-B/330/2025/44 (16 ޖޫން 2025) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާތިލުކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
ވީމާ މި މުބާރާތް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، "ކާށިދޫ ކައުންސިލުން ބާއްވާ "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2025" އިންތިޒާމުކޮށް ހިންގުން އައުޓްސޯސްކުރުމާބެހޭ އުސޫލު"ގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
މި އުޞޫލު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
މި މުބާރާތް ހިންގުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ކާށިދޫގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ދިވެހި ބަހުންނެވެ.
އަންދާސީ ހިސާބުގައި ތިރީގައިވާ ކަންކަމަށް ހުށަހަޅާ އަގުތައް ވަކިވަކިން ބަޔާންކުރަންވާނެއެވެ.
- މެޗް އެލަވަންސް ނުހިމަނައި ރެފްރީންނާއި ލައިންސްމަނުންނަށް ކުރަންޖެހޭ ޖުމްލަ ޚަރަދު (ދަތުރު ޚަރަދު، އެކޮމޮޑޭޝަން، ކެއުން އަދި އެހެން ޚަރަދެއް ވާ ނަމަ އެ ޚަރަދެއް)
- ރެފްރީންނަށް މެޗް އެލަވަންސްގެ ގޮތުގައި ދޭންޖެހޭ ޖުމްލަ ޢަދަދު
- މުބާރާތް އިންތިޒާމުކޮށް ހިންގުމަށް ކުރަންޖެހޭ އެހެނިހެން ޚަރަދު
ވީމާ މި މުބާރާތް އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 08 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.