މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު -މި މިނިސްޓްރީގެ ދަށުންހިންގާ ފެޑް ސެންޓަރުގެ އަލަށް އެޅި އެކޮމަޑޭޝަން ބިލްޑިންގ އަށް ފެނާއި ކަރަންޓް، ނަރުދަމާ އަދި ގޯތީގައި ހުރި ބައު ސެޑް ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ދަށުންހިންގާ ފެޑް ސެންޓަރުގެ އަލަށް އެޅި އެކޮމަޑޭޝަން ބިލްޑިންގ އަށް ފެނާއި ކަރަންޓް، ނަރުދަމާ އަދި ގޯތީގައި ހުރި ބައު ޝެޑް ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެންދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 10:00

ކަނދުފަތި ޤާއިމްކުރާ މަރުކަޒު، މިދިލި މަގު، ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން

އަންދާސީ ހިސާބު ހުށަހެޅުން

08 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 10:00 އަށް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް (ވެލާނާގެ 7 ވަނަ ފަންގިފިލާ)

 

މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ހުކުރު ދުވަސް ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ، ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3322625 އަދި 3339239 ނަންބަރު ފޯނަށެވެ.

29 ޖޫން 2025
ހޯދާ