އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ ހުކުރު މިސްކިތް "މަސްޖިދުއް ސިނާޢު" ގެ އެތެރޭގައި ބޯޑަރު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

 މި ކައުންސިލުން ބޯޑަރު ދިނުުމުން އދ. މަންދޫ ހުކުރު މިސްކިތް "މަސްޖިދުއް ސިނާޢު" ގެ އެތެރޭގައި ބޯޑަރު ހަރުކުރުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު: (IUL)351/351/2025/35 (03 ޖޫން 2025) އިޢުލާނާއި ގުޅިގެން ލިބިފައިވާ ބީލަންތައް އެކަށީގެންވާވަރަށްވުރެ އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާނު ބާތިލްކޮށް ދެވަނަ އިޢުލާނެއް ކުރަމެވެ. އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މިއިދާރާއަށް ދުރުވެ ނުވަތަ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 07 ޖުލައި 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް ބީލަންފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމު މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 07 ޖުލައި 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

                  ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖޫން 2025
ހޯދާ