ދިވެހިރާއްޖެ
ޑިޖިޓަލް ޕްރޮފެޝަނަލް ކެމްކޯޑަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މި ކައުންސިލް އިދާރާއަށް ޑިޖިޓަލް ޕްރޮފެޝަނަލް ކެމްކޯޑަރެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު: (IUL)234-A/234/2025/12 ބާޡިލްކޮށް އަލުން ބީލަން ހުށައެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގެ ކުރިން މިއިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ހުށައެޅޭ ބީލަންތައް ހުޅުވުން އޮންނާނީ 08 ޖުލައި 2025 ވާ އަންގާރަ ދުވަހު 11:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުށަހެޅުއްވި ހުރިހާ ފަރާތްތަކުގެ ހާޟިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަމާއި ފޯން ނަމްބަރު ލިޔެފައެވެ.
މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް، މި އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މި ކައުންސިލްގެ ފޯން ނަންބަރު: 6680507 އަށް ގުޅުއްވުމުން ލިބިލައްވާނެއެވެ.
04 މުޙައްރަމް 1447
29 ޖޫން 2025
ޤާސިމް ސިހާނު
ސެކްރެޓަރީ ޖެނެރަލް