މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
ހިތާދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1447 ގައި ބައިވެރިވުމުގެ ފުރުސަތު ހިތާދޫ ސްކޫލާއި، ހިތާދޫގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ޕްރީސްކޫލްތަކަށާއި، ޤްރުއާން ކުލާސްތަކަށާއި، ހިތާދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާތަކަށް ހުޅުވާލަމެވެ. މިމުބާރާތުގައި ބައިވެރިވާން އެދޭ މުއައްސަސާތަކުން 24 ޖުލައި 2025 ގެ 12:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރައްވާ ކައުންސިލަށް ހުށަހެޅުވުންއެދެމެވެ. އަދި މިއިޢުލާނާއެކު މުބާރާތުގެ ޤަވާއިދު އަދި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް އާއްމުކުރަމެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 31 ޖުލައި 2025 ގައެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ޖޫން 2025
ހޯދާ