މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގޯތި ލިބޭ ސަރަހައްދު ބަދަލުކުރުމާއި ގުޅޭ
ނަންބަރ: (IUL)320-PRM/320/2025/80
އިޢުލާން
ގޯތި ލިބޭ ސަރަހައްދު ބަދަލުކުރުމާއި ގުޅޭ
ބ.އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތި ލިބޭ ސަރަހައްދުގެ ގުރުނެގުން 2025 ޖޫން މަހުގެ 24 ވީ އަންގާރަ ދުވަހު ވަނީ ބޭއްވިފައެވެ. އެހެންކަމުން ގޯތި ލިބިފައިވާ ސަރަހައްދު ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން 2025 ޖުލައި 08 ގެ ނިޔަލަށް ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ، ގޯތިލިބޭ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އަދި ގޯތި ލިބޭ ސަރަހައްދު ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެ މުއްދަތުގެ ތެރޭގައި، ލިޔުމުން ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
04 މުޙައްރަމް 1447
29 ޖޫން 2025
ހޯދާ