ދިވެހިރާއްޖެ
މިސްކޫލުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ޝީލްޑާއި ޓްރޮފީ ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: GS43-B/2025/42 އިޢުލާނާ ގުޅިގެން އެކަށިގެންވާ ތަރުހީބެއް ލިބިފައިނުވާތީއާ، ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލްގެ އަގު ބޮޑުކަމަށްވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 30 ޖޫން 2025އިން ފެށިގެން 03 ޖުލައި 2025ވާ ބުރާސްފަތި ދުވަހު 14:00ގެ ކުރީން ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ސްކޫލަށް ވަޑައިގެންވެސް ރަޖިސްޓަރީ ކުރެވޭނެއެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 06 ޖުލައި 2025ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
2- ރަޖިސްޓްރީ ނަންބަރު.
3- އީމެއިލް އެޑްރެސް.
4- ގުޅޭނެ މޯބައިލް ނަންބަރު.
ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 08 ޖުލައި 2025ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި މިސްކޫލްގެ ކޮންފަރެންސް ރޫމުގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޝަރަފުއްދީން ސްކޫލް
ހިތަދޫ، އައްޑޫ
ފޯން: 7030-688
އީ-މެއިލް: [email protected]