ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީ މަރަދޫފޭދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތައް ވިލަރެސްކޮށް ގޯތި ލިބޭ މީހުން ކަނޑައަޅާ ކޮމިޓީ އެކުލަވާލުމާއި ގުޅޭ
އައްޑޫސިޓީ މަރަދޫފޭދޫ އަވަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރ: (IUL)426-AE/426/2025/278 އިޢުލާނާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުންވަނީ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައެވެ.
ގޯތި ދޫކުރުމަށް ކަނޑައަޅައި އާއްމު ކުރެވުނު އުސޫލުގެ 4 ވަނަ މާއްދާގެ (ށ)ގެ 2 ނަންބަރުގައި ވާ ގޮތުން ގޯއްޗަށް އެދި މަރަދޫފޭދޫ އަވަށު އޮފީހަށް ހުށަހެޅޭ ފޯމްތައް އިވެލުއޭޓް ކުރާނީ އެކި ދާއިރާތަކުން ބޭފުޅުން ހިމެނޭހެން އައްޔަންކުރެވޭ މިނިވަން މުސްތަޤިއްލު ކޮމިޓީއަކުންނެވެ. އަދި އެކޮމިޓީއަށް މަރަދޫފޭދޫ އަވަށު ރައްޔިތުން ތަމްސީލްކުރާ މަރަދޫފޭދޫ އަށް ނިސްބަތްވާ މެމްބަރަކުވެސް އައްޔަން ކުރަންޖެހެއެވެ.
ކޮމިޓީއަށް މަރަދޫފޭދޫ އަވަށުގެ ރައްޔިތުންގެ ތަމްސީލް ކުރުމަށް ކުރިމަތި ލައްވާ ފަރާތަކީ މަރަދޫފޭދޫ އަވަށުން ގޯއްޗައް އެދި ފޯމް ހުށަހަޅާފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެއެވެ.
ވީމާ، މަތީގައި ދެންނެވުނު އިޢުލާނާއި ގުޅިގެން މަރަދޫފޭދޫ އަވަށު އޮފީހަށް ގޯއްޗަށް އެދި ހުށަހެޅިފައިވާ ފޯމްތައް އިވެލުއޭޓް ކުރުމަށް އެކުލަވާލެވޭ ކޮމިޓީގައި މަރަދޫފޭދޫ އަވަށުގެ ރައްޔިތުން ތަމްސީލްކުރާ މެމްބަރެއްގެ ގޮތުގގައި މަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވާ އަދި އެމަސައްކަތައް ވަގުތު ދެއްވޭނެ ބޭފުޅުން އެބޭފުޅެއްގެ ވަނަވަރާއެކު 02 ޖުލައި 2025 ވާ ބުދަ ދުވަހުގެ މެންދުރު 13:00ގެ ކުރިން އަވަށުއޮފީހަށް ސިޓީއަކުން ނުވަތަ[email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
29 ޛުލްޙިއްޖާ 1446
25 ޖޫން 2025