ދިވެހިރާއްޖެ
އިއުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ކުރަމުންގެންދާ މަސައްކަތްތައް ރަނގަޅު ގޮތުގައި ރައްޔިތުންނަށް އަންގައިދިނުމަށްޓަކައި ޕްބްލިކް ރިލޭޝަން ސެކްޝަންގެ ބޭނުމަށް ރައިޓަރ ގެ ޚިދުމަތް "ރީޓެއިނާ" ގެ ދަށުން ހޯދުމަށް ބޭނުންވެއެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ޓީ.އޯ.އާރުގައި ހިމަނާފައިވާނެއެވެ.
މި އިޢުލާނާއި ގުޅިގެން، އަންދާޒީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ، 08 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 11:00 އެވެ. ބީލަމަށް ހުށައަޅާ ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އެންޑް ޓްރޭޑް، ވެލަނާގެ 11 ވަނަ ފަންގިފިލާގައެވެ. ސުންގަޑީގެ ފަހުން ހުށަޢަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.
މި ކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދުމަށް، މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.