ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ކޮންސަލްޓަންޓް ސްޕެޝަލިސްޓް ، ކޮންސަލްޓެންޓް ސްޕެޝަލިސްޓް

މަޤާމް: ސީނިއަރ ކޮންސަލްޓަންޓް ސްޕެޝަލިސްޓް ،ކޮންސަލްޓެންޓް ސްޕެޝަލިސްޓް

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން: ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރ 

 

ޑިޕާޓްމަންޓް: ކޮލިޓީ އެންޑް ސޭފްޓީ

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލް

މަޤާމް: ސީނިއަރ ކޮންސަލްޓަންޓް ސްޕެޝަލިސްޓް– ޕީ.އެސް 10

 

ތަޢުލީމާއި ތަޖުރިބާ:

1- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. އަދި،

2- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުން. އަދި،

3- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އަށްވުރެ ދަށްނޫން ، ސްޕެޝަލިސްޓް މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. އަދި، ކޮންސަލްޓަންޓް މަޤާމުގައި 06 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

    މަޤާމުގެ އަސާސީ މުސާރަ: 36277.00 ރުފިޔާ ( މަހަކު )

    މަޤާމުގެ އެލަވަންސް: 20777.00 ރުފިޔާ ( މަހަކު )

    ޙާޟިރީ ޢިނާޔަތް: 562.00 ރުފިޔާ ( މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް )

 

މަޤާމް:  ކޮންސަލްޓަންޓް ސްޕެޝަލިސްޓް– ޕީ.އެސް 9

  ތަޢުލީމާއި ތަޖުރިބާ:

1- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. އަދި،

2- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުން. އަދި،

3- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އަށްވުރެ ދަށްނޫން ، ސްޕެޝަލިސްޓް މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. އަދި، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 02 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

    މަޤާމުގެ އަސާސީ މުސާރަ: 32632.00 ރުފިޔާ ( މަހަކު )

    މަޤާމުގެ އެލަވަންސް: 18689.00 ރުފިޔާ ( މަހަކު )

    ޙާޟިރީ ޢިނާޔަތް: 506.00 ރުފިޔާ ( މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް )

 

މަޤާމަށް ޢައްޔަންކުރާ އިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް:

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ބޭސިކް އަދި އިތުރު 1 ކޮލިފިކޭޝަން ރަޖިސްޓްރީކޮށް، ލައިސަންސް ލިބިފައިވުން.

 

އެހެނިހެން އެލަވަންސް:

1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.

 

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް

  • ހޮސްޕިޓަލުގެ އެކި އެކި ޑިޕާރޓްމެންޓް ތަކުގެ އިސްވެރިންނާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގެ މަސަތްކަތުގެ ކޮލިޓީ މޮނީޓަރ ކުރުމާއި ގެންނަންޖެހޭ އިސްލާޙް ތައް ގެނައުން. 
  • ބަލިމީހުންގެ ރައްކާތެރިކަމާއި ރިސްކް ބެލެހެއްޓުން
  • ޞިއްޙީ ޚިދުމަތުގެ ރައްކާތެރިކަމާއި ފެންވަރު ބަލައި، ފަރުވާގެ ފެންވަރު މަތިކޮށް މޮނިޓަރކުރުން.
  • ރައްކާތެރި ނޫން ގޮތުގައި ކުރެވޭ ޕްރެކްޓިސް ތައް ބަލާ، އެކަންތައްތަކާއި ގުޅޭގޮތުން އެޅޭ އިސްލާހީ ފިޔަވަޅުތަކުގެ އައުޓްކަމް އިވެލުއޭޓް ކުރުން.
  • ގައުމީ އައި.ޕީ.ސީ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން އިންފެކްޝަން ހުއްޓުވުމާއި ކޮންޓްރޯލްކުރުމަށް ސްޓްރެޓެޖީތަކާއި ޢަމަލީ ޕްލޭންތައް އެކުލަވާލުން
  • މުއައްސަސާގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ވަކި ޚާއްޞަ ތަމްރީނު އަދި ތަޢުލީމީ ޕްރޮގްރާމްތައް ރާވައި ވިލަރެސްކޮށް ހުށަހެޅުމުގައި އިސްދައުރެއް އަދާކުރުން
  • އިމާރޖެންސީ ޕްލޭނިންގައި ބައިވެރިވުމާއެކު އެހީތެރިކަން ފޯރުވުން

 

ކުރިމަތިލުމުގެ ސުންގަޑި: 06 ޖުލައި 2025 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ކޮވެލި ބިލްޑިންގ 4 ވަނަ ފަންގިފިލާ އަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

 

  • ވަޒީފާއަށް އެދޭ ފޯމު
  • ސީވީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • އެޓެސްޓް ކޮށްފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ރެޖިސްޓްރޭޝަން އަދި ޕްރެކްޓިސް ކުރުމުގެ އަދާހަމަ ލައިސަންސް  
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

25 ޖޫން 2025
ހޯދާ