އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޑްރޯނެއް ގަތުމަށް ބޭނުންވެއްޖެ

މި އޮފީހަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ކުރެވުނު ނަންބަރު (IUL)7-ADMN/1/2025/68 (12 ޖޫން 2025) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، މި ތަކެތި ފޯރުކޮށްދިނުމަށް ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ.

ޢަދަދު

އައިޓަމް

01

ޑްރޯން

 

މި ދެންނެވުނު ތަކެތި ފޯރުކޮށްދޭނެ ފަރާތަށް ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ.

މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2025 ޖުލައި 3 ވާ ބުރާސްފަތި ދުވަހުގެ 16:00 ކުރިން[email protected] އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 2025 ޖުލައި 7 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

25 ޖޫން 2025
ހޯދާ