ދިވެހިރާއްޖެ
މި އިޢުލާންވަނީ 07 ޖުލައި 2025 12:01 ގައި ބާތިލް ކުރެވިފައެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް
ގދ. ނަޑެއްލާ،
ދިވެހިރާއްޖެ،
އިޢުލާން |
|||||||||||||||
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||||||||||||||
ބޭނުންވާ އަދަދު: |
01 |
||||||||||||||
މަޤާމުގެ ގިންތި: |
ވަގުތީ |
||||||||||||||
މަޤާމުގެ ރޭންކު: |
ޖީ.އެސް 3 |
||||||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް - 1 |
||||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް |
||||||||||||||
މުސާރަ: |
-/4,465 ރުފިޔާ |
||||||||||||||
އެހެނިހެން އެލަވަންސް: |
|
||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކޯޓު ހުޅުވައި ބަންދުކުރުމުގެ ކަންތައްތައް ކުރުން. ކޯޓަށް ލިބޭ ހުރިހާ ލިޔުންތައް އެންޓްރީކޮށް ސީއެމް އެސްއާއި، މެމްސްއަށް އަޕްލޯޑްކޮށްއެޅުން. ކައުންޓަރ ބެލެހެއްޓުމާއި ފޯނު ކޯލުތަކަށް ޖަވާބުދާރީވުން. ކޯޓަށް ލިބޭ ސިޓީ ނުވަތަ މެސެޖު ފަދަ ލިޔުންތަކުގެ ތެރެއިން އިދާރީގޮތުން ޖަވާބުދާރީ ވާންޖެހޭ އެންމެހައި ލިޔުންތަކަށް، ވެރިންގެ ލަފާގެމަތިން ޖަވާބުތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރީޚުގެކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. ކޯޓުގެ މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތަށް ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން އެންގުން. މުވައްޒަފުންގެ ޕީ.އޭ ފޯމްތަށް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ތައްޔާރުކޮށް ސެކްޝަންތަކުގެ ވެރިންނާއި ޙަވާލުކުރުން. ކޯޓު މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި، ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާގެ އިޤްރާރާއި، އަދި މި ނޫންވެސް ވަޒީފާއާ ގުޅޭ އެންމެހައި ލިޔުންތައް ތައްޔާރުކޮށް އެ މުވައްޒަފުންނާ ޙަވާލުކުރުން. މުވައްޒަފުން ބޭރަށްދާއިރު ލިޔާފޮތް ތައްޔާރުކޮށް ސޮއިކުރުވާ ބެލެހެއްޓުން. މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި، ޗުއްޓީ ކަންތައް ހަމަޖެއްސުން. މުވައްޒަފުންގެ ރެކޯޑް ފައިލްތައް އަޕްޑޭޓްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން. ކޯޓުގެ އިދާރީ ކަންތައްތައް، ކޯޓުގެ އެހެން މުވައްޒަފުންނާއި ގުޅިގެން ފަރުވާތެރިކަމާއިއެކު ކުރުން. މުވައްޒަފުންނަށް ރެކްރިއޭޝަން ހަރަކާތްތައް ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފާގެ މަތިން ރާވައި، އިންތިޒާމްކޮށް ހިންގުން. މުވައްޒަފުންނަށް ވަޒީފާގައި އުޅޭކަމުގެ ލިޔުން ދޫކުރުން. މެޖިސްޓްރޭޓުންނާއި މުވައްޒަފުންގެ ރެކޯޑްސްތައް ޤަވާޢިދުން އަޕްޑޭޓްކުރުން. މެޖިސްޓްރޭޓުންނާއި ޑިޕެންޑެންޓުންގެ އިންޝުއަރެންސްއާ ގުޅޭ މަސައްކަތް ކުރުން. ވަޒީފާތަކަށް މީހުން ހޯދުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތް ކުރުން. އަހަރު ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. ޔައުމިއްޔާ ލިޔެ ޗީފް އެޑްމިނިސްޓްރޭޓަރގެ ސޮއި ހޯދުން. ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކުރުން. ކޯޓަށް އަލަށް ހަމަޖެހޭ މުވައްޒަފުންނަށް އިންޑަކްޝަން ޕްލޭންއާ އެއްގޮތަށް އިންޑަކްޝަން ކުރިއަށް ގެންދިޔުމުގައި ޗީފް އެޑްމިނިސްޓްރޭޓަރއަށް އެހީތެރިވުން. މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ދެނެގަނެ، ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން ޓްރޭނިންތަށް ރޭވުމާއި އެކަމާއި ގުޅޭ އެންމެހައި މަސައްކަތަތަށް ކުރުން. މެނުއަލް އެޓެންޑެންސް އަޅަންޖެހޭ މުވައްޒަފުންގެ އެޓެންޑެންސް އެޅުމާއި، އިތުރުގަޑީގެ ކަންތައް ބަލަހައްޓައި ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން. ސެކްޝަންގެ ލިޔުންތައް ބެލެހެއްޓުމާއި ފައިލްކުރުން. އެހެނިހެން ކޯޓުތަކުގެ އަޑު އެހުންތައް ތާވާލާއި އެއްގޮތަށް ޝެޑިއުލްކޮށް އަޑުއެހުންތައް ކުރިޔަށް ގެންދިޔުން. ޙަވާލުކުރާ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް މެޖިސްޓްރޭޓްގެ ލަފާގެ މަތިން އަޅަމުން ގެންދިޔުން. ކޯޓުގެ ތާވަލާއެއްގޮތަށް ޝަރީޢަތްތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖައްސައި ކުރިއަށް ގެންދިއުން.
ކޮންމެ މަހެއްގައިވެސް 16 ވަނަ ދުވަހު މުސާރަ ތައްޔާރުކުރުމަށްޓަކައި ބޭނުންވާ ޝީޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
|
||||||||||||||
މަޤާމުގެ ޝަރުޠުތައް: |
|
||||||||||||||
ތަޢުލީމީ ރޮނގު ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ޕްލޭނިންގ، ޤާނޫނީ ދާއިރާ، ރިސަރޗް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް.
ގުޅޭ ވަޒީފާގެ ދާއިރާތައް ޤާނޫނީ ދާއިރާ / އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް |
|||||||||||||||
އެހެނިހެން ޝަރުޠު |
ވަޒީފާއަށް އެދި ހުށަހަޅާއިރު: 1. މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން. 2. ވަޒީފާއަށް ޢައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ ނުވަތަ (ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން. ގާތްތިމާގެ މީހުން ކަމުގައި ބަލާނީ އަންނަނިވި ފަރާތްތަކެވެ. 2.1. ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ 2.2. މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ 2.3. ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ 2.4. އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ 2.5. ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛ |
||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު މިކޯޓުގެ ވެބްސައިޓުން ( https://gdh-nadallaa.courts.gov.mvނާއި ކޯޓުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://gdh-nadallaa.courts.gov.mv/downloadables/WTXc5pomUq.docx ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޖުލައި 2025 ގެ 12:00 ގެ ކުރިން، ހުވަދު އަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||
ޝޯޓްލިސްޓުކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||||
އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ 10 ޖުލައި 2025 އާއި 22 ޖުލައި 2025 އާ ދެމެދު، ހުވަދު އަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓުގައެވެ. |
||||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގައި އަދި މިކޯޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ. |
||||||||||||||
އީ-މެއިލް ކުރާނީ [email protected] އަށެވެ.
މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޟު ނުކުރާނަމައެވެ. |