ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ޕޭޕަރ ސެޓަރ (ކޮންޓްރެކްޓް)

އިޢުލާން

2026 ވަނަ އަހަރުގެ ސާނަވީ (އެސް. އެސް.ސީ) އިމްތިހާނުގެ ދިވެހި ބަހާއި އިސްލާމީ ތަރުބިޔަތުގެ ސުވާލުކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތަށް ޕޭޕަރ ސެޓަރ އެއް ހޯދުން

 

2026 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގެ އިސްލާމް އަދި ދިވެހިބަހުގެ ސުވާލު ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް އުސޫލުން ޕޭޕަރ ސެޓަރ މަޤާމަށް މީހުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

މަޤާމް:  ޕޭޕަރ ސެޓަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު: (އިސްލާމީ ތަރުބިޔަތު 2)

            (ދިވެހިބަސް 2)

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

2025 ޖުލައި 20 އިން 2025 އޯގަސްޓް 20 އަށް

 

އުޖޫރަ:

12،000ރުފިޔާ  ( ބާރަހާސް ރުފިޔާ )

ޝަރުޠު:

  1. ދިވެހި / އިސްލާމް، މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ލިބިފައިވުމާއެކު ޤައުމީ އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އިމްތިޙާންތަކުގެ ސުވާލުކަރުދާސް ތައްޔާރުކުރުމުގެ ޢަމަލީ މަސައްކަތުގެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މިޑިޕާޓްމަންޓުން ބާއްވާ ޤައުމީ އިމްތިޙާނުގެ މާކިންގ މަސައްކަތް މަދުވެގެން 3 އަހަރު ދުވަހު ކޮށްފައިވުން ނުވަތަ މި ޑިޕާޓްމެންޓުން ބާއްވާ ޤައުމީ އިމްތިޙާނުގެ ޕޭޕަރު ސެޓްކުރުމުގެ މަސައްކަތް ކުރިން ކޮށްފައިވުން.
  2.   ސުވާލުކަރުދާސް ތައްޔާރުކުރާ އަހަރު، އިމްތިޙާނަށް ކުދިން ތައްޔާރުކުރާ ނުވަތަ ކީސްޓޭޖު 4 ގެ ސިލަބަހަށް  ކިޔަވައިދޭ މީހަކަށް ނުވުން
  3.  ތިމާ ނުވަތަ ތިމާގެ އަނތްބެއް، ފިރިއެއް، ދަރިއެއް، އިމްތިޙާނުގައި ބައިވެރި ނުވުން
  4. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން

މަސްޢޫލިއްޔަތު:

  • ސާނަވީ އިސްލާމް / ދިވެހި އިމްތިޙާނު ކަރުދާސް އެކުލަވާލުމަށް ތައްޔާރުކޮށްފައިވާ ބްލޫޕްރިންޓް ނުވަތަ ޓޭބަލް އޮފް ސްޕެސިފިކޭޝަނަށް ރިޢާޔަތްކޮށް، އިމްތިޙާނު ކަރުދާސް އެކުލަވާލުން
  • ސުވާލާއެކު، އެ ސުވާލު އުފެއްދި މަޤްޞަދު ހިމެނުން
  • ސުވާލާއެކު، އެ ސުވާލަކަށް ދެވިދާނެ ރަނގަޅު ހުރިހާ ޖަވާބެއް ހިމެނޭގޮތަށް މާކިންސްކީމް އެކުލަވާލުން.
  • ސުވާލު ކަރުދާހާއި މާކިންސްކީމް ޕްރޫފު ރީޑްކޮށް، ސުވާލު ކަރުދާހާއި މާކިންސްކީމް އެކުލަވާލެވިފައިވަނީ ކަނޑައެޅިފައިވާ މަޤްޞަދުތަކާއި އުޞޫލުތަކާއި ހަމަތަކާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން.

މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:

    1. ތަޢުލީމީ ފެންވަރު       %25
    2. ކިޔަވައިދިނުމުގެ ތަޖުރިބާ   %25  
    3. ޢަމަލީ ތަޖުރިބާ        %50

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

 1- ޕޭޕަރ ސެޓިންގ ގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ އަމަލީ ތަޖްރިބާއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން، އެންމެމަތިން މާކުސް ލިބޭފަރާތެކެވެ.

 2- 02 ފަރާތެއްގެ މާކްސް ހަމަހަމަ ވެއްޖެނަމަ، އޭގެ ތެރެއިން ވަކި މީހަކު ކަނޑައަޅާނީ އިންޓަރވިއުކޮށްގެންނެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv އިން ލިބެން ހުންނާނެއެވެ.) އަދި ތިރީގައިމިވާ ލިންކުންވެސް ލިބެން ހުންނާނެއެވެ.

https://shorturl.at/gwGQ5

  1. މާއްދާއާއި ގުޅޭ ދާއިރާއިން ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
  2. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިއުންތައް  
  3. ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭނޭ ލިޔުން
  4. ވަނަވަރު
  5.  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

ސުންގަޑި:

 2025 ޖުލައި 02 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން

އެދެންވީ ގޮތް:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

https://forms.gle/Z8QkGDNZLj3jZ2Br9

  • މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް 3041338 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.

 

25 ޖޫން 2025
ހޯދާ