މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ރުއްގަސް ނީލަން އުސޫލުން ދޫކޮށްލުމާއި ގުޅޭ:
އިޢުލާން
ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ރުއްގަސް ނީލަން އުސޫލުން ދޫކޮށްލުމާއި ގުޅޭ:
މިރަށު ބަނދަރު ސަރަހައްދުގައި ހުރި ބައެއް ރުއްތަތައް 2026 އޭޕްރީލް 24 ގެ ނިޔަލަށް ނީލަން އުސޫލުން ދޫކޮށްލަން ބޭނުންވެއްޖެއެވެ.
ނީލަން އުސޫލުން ދޫކޮށްލަން ހަމަޖެހިފައިވާ ރުއްތައް:
- ކައުންސިލް އިދާރާ ކުރިމަތިން އެސްޓިއޯ ފާމަސީ ކައިރި ބޮޑު ބުރާއި ހަމައަށް 9 އިން 15 އަށް ނަންބަރު ޖަހާފައިވާ 7 ރުއް
ވީމާ، މި ރުއްތައް ނީލަން އުސޫލުން ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށްޓަކައި 02 ޖުލައި 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 12:45 އަށް ބަނދަރު ސަރަހައްދަށް ( ކައުންސިލް އިދާރާ ކުރިމައްޗަށް) ވަޑައިގެންދެއްވުން އެދެމެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގަކީ 1500 ރުފިޔާއެވެ.
25 ޖޫން 2025
ހޯދާ