މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ އެކިއެކި މަސައްކަތް ކުރުމަށް ބިން ދޫކުރުން

  1. ށ. ފުނަދޫ ގޮނީ ފެންގަނޑުގެ ދެކުނުން ފަތުރުވެރިކަމުގެ އެކިއެކި މަސައްކަތް ކުރުމަށް 5 ބިން 30 އަހަރުގެ މުއްދަތައް ބިޑް އުޞޫލުން ދޫކުރުމަށް ގަޞްދުކުރަމެވެ. ވީމާ،  ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެއްވުމަށް [email protected]  އަށް 2025 ޖުލައި 03 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން އީމެއިލްކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވަން ހުށައަޅުއްވާފަރާތްތަކުން 500/-ރ (ފައްސަތޭކަ ރުފިޔާ) 7724700306001 (ރެވެނިއު1) ޖަމާކުރައްވާ ސްލިޕް މަތީގައި ބަޔާންކުރެވިފައިވާ މެއިލްއަށް ފޮނުއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ މެއިލް ލިބިލެއްވުމުންނެވެ.
  3. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 ޖުލައި 13ވާ އާދިއްތަދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ.
  4. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ/ ޗާންދަނީމަގު، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:      6541009

އީމެއިލް:    [email protected]   

 

25 ޖޫން 2025
ހޯދާ