ދިވެހިރާއްޖެ
އައި އޭ އޭ އެފް ލެވެލް 1 ކޯޗިންގ ކޯސް
03 – 12 އޮކްޓޫބަރު 2015، މާލެ
މާލޭގައި މިއަހަރުގެ އޮކްޓޫބަރުމަހުގެ 03 – 12އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައި އޭ އޭ އެފް)ގެ ލެވެލް 1 ކޯޗިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފީމެވެ. ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ތިރީގައި މިދަންނަވާ ޝަރުޠުތައް ހަމަވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މި އެސޯސިއޭޝަނަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
ކޯހުގެ އެޕްލިކޭޝަން ފޯމު ތިރީގައި މިދަންނަވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://athletics.org.mv/Admin/downloads/cecs_2015.pdf
ކޯހުގެ ޝަރުޠުތައް:
- މީލާދީ ގޮތުން ޢުމުރުން 16 އަހަރު ފުރިފައިވުން
- އިނގިރޭސިބަހުން ލިޔަން ކިޔަން އެނގުން
މި ކޯހަށް މީހުން ހޮވުމުގައި އެތުލެޓިކްސް ކޯޗިންގ ދާއިރާގައި މިހާރުވެސް ހަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.